May 1, 2026
Advertisement
އައިޝާ" ޑޮކިއުމަންޓަރީގެ ތަޙުޤީޤަކީ އިތުބާރު ހުރި އަދި ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ކަމެއްގެ ގޮތުގައި ކަށަވަރުކުރަން ޖެހޭ: ޑރ އަހުމަދު ދީދީ
އައިޝާ" ޑޮކިއުމަންޓަރީގެ ތަޙުޤީޤަކީ އިތުބާރު ހުރި އަދި ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ކަމެއްގެ ގޮތުގައި ކަށަވަރުކުރަން ޖެހޭ: ޑރ އަހުމަދު ދީދީ / ސޯޝަލް މީޑިއާ

"އައިޝާ" ޑޮކިއުމަންޓަރީގެ ތަޙުޤީޤަކީ އިތުބާރު ހުރި އަދި ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ކަމެއްގެ ގޮތުގައި ކަށަވަރުކުރަން ޖެހޭ: ޑރ އަހުމަދު ދީދީ

Apr 30, 2026, 08:24 PM
މާލެ ސިޓީ

އައިޝާ" ޑޮކިއުމަންޓަރީގެ ތަޙުޤީޤަކީ އިތުބާރު ހުރި އަދި ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ކަމެއްގެ ގޮތުގައި ކަށަވަރުކުރަން ޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

Advertisement

ޑރ. އަހުމަދު މިފަދައިން ވިދާޅުވެފައިވަނީ، "އަދަދު" ނޫހުން ދެއްކި "އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އިޝާރާތްކުރައްވާ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޑރ. އަހުމަދު ފާހަގަކުރައްވާފައިވާ ގޮތުގައި، ޖިނާއީ ތަހުގީގު ހިންގުމަށް ޤާނޫނުން މަތިކޮށްފައިވާ ފުލުހުންގެ އިދާރާއަކީ ދާޚިލީ ވަޒީރުގެ ބެލުމުގެ ދަށުން ހިނގަމުންދާ މުއައްސަސާއަކަށް ވީނަމަވެސް، ވަޒީރަށް އެއްވެސް ތަޙުޤީޤަކަށް ނުފޫޒު ފޯރުވުމުގެ ބާރު ލިބިގެންނުވެއެވެ.

ފުލުހުންގެ މުއައްސަސާއިން ހިނގަމުންދާ ތަހުގީގަށް ވަޒީރުގެ ނުފޫޒު ފޯރާ ކަމަށް ތުހުމަތު ކުރައްވާ ޑރ އަހުމަދު ވަނީ، އެއްވެސް ތަޙުޤީޤަކަށް ސީދާކޮށް ވިޔަސް ނުވަތަ ނުސީދާކޮށް ވިޔަސް ނުފޫޒު ފޯރުވުމަކީ ދާޚިލީ ވަޒީރަށް ޤާނޫނީގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވެފައެވެ.

އެހެންކަމުން، "އައިޝާ" ޑޮކިއުމަންޓަރީގެ ތަޙުޤީޤަކީ އިތުބާރު ހުރި އަދި ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ކަމެއްގެ ގޮތުގައި ކަށަވަރުކުރުމަށްޓަކައި، މިނިވަން ހާއްސަ އިންވެސްޓިގޭޓަރަކު އެ މައްސަލައިގައި ބައިވެރިކުރުވުން މުހިއްމުކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށް ޑރ އަހުމަދު ވިދާޅުވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved