theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން ޕީއެންއެފްގެ ޖަލްސާގައި / ތޭރަ އޮންލައިން
ސިޔާސީ
އެއް ދިމާލަކަށް ނުދެވިގެން މިއުޅެނީ ޤާނުނުތަކާއި ޤާނޫނުއަސާސީގެ ބާރު މުއިއްޒު ކަނޑުވާލައިގެން: ރައީސް ޔާމީން
Sudha Latheef
ސުދާ ލަތީފް
28 ޖުލައި 2025

އެންމެން ދާންވީ އެކި ދިމާއަށް ނޫން ކަަމަށާ އެއް ދިމާއަކަށް ކަމަަށް ވަނީ ނަމަ، އެ އެއްދިމާ އޮތީ ދިވަހިރާއްޖޭގެ ޤާނޫނުއަސާސީގެ ޤާނޫންތަކުގައި ލިޔެދީފައި ކަމަށާއި އެ ޤާނޫނު އަސާސީއަށް އެންމެ ފުރަތަމަ ތަބާވާން ޖެހޭނީ ރައީސް ޑރ މުހައްމަދު މުއިއްޒު ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، އާދިއްތަ ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ މިހާރު އެއް ދިމާލަކަށް ނުދެވިގެން މި އުޅެނީ ޤާނޫނުތަކާއި ޤާނޫނުއަސާސީގެ ބާރު ރައީސް މުއިއްޒު ކަނޑުވާލުމުގެ ސަބަބުން ކަމަށެވެ. އެގޮތުން ގާނޫނުން ބާރުތައް ލިބިދީފައި ހުރި މިނިވަން މުއައްސަސާތަކަށް ވެސް ނުފޫޒު ފޯރުވާ ސަރުކާރުގެ ތެރެއިން ދަނީ ހުތުރު ނަމޫނާ ދައްކަވަމުން ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ޤާނޫންތަކުން ހަދާފަ ހުރި ތަންތަން އެހެރީ. އެންޓިކޮރަޕްޝަން ކޮމިޝަން އެހެރީ، އޮޑިޓް އޮފީސް އެހެރީ. އެތަންތަނެއްގެ ބާރު ކަނޑުވާލައިގެން މިއުޅެނީ މިވެރިކަމުގަ ތިބި މީހުންގެ ފަރާތުން. އެހެންވީމާ މި ވިދާޅުވާ މެސެޖު މުއިއްޒު އެދިވަޑައިގަންނަވާ ގޮތަށް މިކަން އޮންނަން ކަމަށްވަންޏާ، އެކި މިހުން އެކި ދިމާލަކަށް ނުދާ ކަމަށް ވަންޏާ މީގެ "ފްލިޕް ސައިޑް" އަކީ އެންމެން އެއް ދިމާލަކަށް ދާށޭ. އެންމެން އެއް ދިމާލަކަށް ދިއުމަކީ ޤާނޫނީ އިމުގެ ތެރެއަށް އެންމެން ރުޖޫއަ ވާށޭ. ޤާނޫނީ އިމުން ބޭރުގަ މިއުޅެނީ ރައީސުލްޖުމްހޫރިއްޔާ.

- ރައީސް ޔާމީން ވިދާޅުވި

ރައީސް މުއިއްޒު ގާނޫނީ އިން ފާރުތަކުގެ ތެރެގައި ނޫޅުމުގެ ސަބަަބުން ދިމާވާ މައްސަލަތައް ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ ކޮރަޕްޝަންގެ މައްސަލައާއި، މިނިވަންކަން ގެއްލިގެން ދިޔައިރު ބެލުނު މައްސަލައާއި ހުރިހާ ހައްގުތަކެއް ގެއްލިގަންދާއިރު ބެލުނު މައްސަލައާއި ރާއްޖެ އިގްތިސާދި ގޮތުން މިހާ އަނަރޫފަވެ ހަލާކުވެގޮސް އަވައްޓެރި ޤައުމަކަށް ގޮސް ސަލާންޖަހަންޖެހި ދެން ދުވަހަކުވެސް އެ ސަލާންޖެހުމުން އަރައި ނުގަންނަ ވަރަށް ގޮސްފައިވާއިރު އެއްވެސް މައްސަލައެއް ހައްލު ކުރެވިފައިނުވާކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved