March 15, 2026
Advertisement
-
- / އަލްޖަޒީރާ

8.7 މެގްނިޓިއުޑްގައި އައި ބިންހެލުމަށްފަހު ރަޝިޔާ އަދި ޖަޕާނަށް ސުނާމީ އަރަން ފަށައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 30, 2025, 04:58 PM
މާލެ ސިޓީ

ރަޝިޔާ ކައިރިއަށް 8.7 މެގްނިޓިއުޑްގައި އައި ބިންހެލުމަށް ފަހު ޖަޕާނާއި ރަޝިޔާގެ އެކި ހިސާބުތަކަށް ސުނާމީ އަރަން ފަށައިފިކަމަށް ރިޕޯޓްކޮށްފިއެވެ.

Advertisement

ޖަޕާނުގެ އެންޗްކޭ އިން ބުނީ ކަމްޗަޓްކާ ޕެނިންސިއުލާގައި އޮންނަ ޕެޓްރޯޕަވްލޮވްސްކްގެ އިރުން ގާތްގަނޑަކަށް 85 މޭލު (136 ކިލޯމީޓަރު) ދުރުން 12 މޭލު (19 ކިލޯމީޓަރު) އަޑިއަށް އައި ބިންހެލުމަށް ފަހު ޖަޕާނަށް އައި ސުނާމީގެ ފުރަތަމަ ރާޅުތަކުގެ އުސްމިނުގައި 30 ސެންޓިމީޓަރު ހުރި ކަމަށެވެ.

އަދި މި ރާޅުތައް އެރީ އުތުރުގެ މައި ރަށެއް ކަމަށްވާ ހޮކައިޑޯއަށް ކަމަށާއި ނަމަވެސް އެންއެޗްކޭއިން ބުނީ ރާޅުތައް އަދި ވަރަށް ބޮޑަށް އުސްވެ ނުރައްކާވެދާނެ ކަމަށް ޖަޕާނުން ބުނެފައިވެއެވެ.

ރަޝިއާގެ އިރުމަތީ އައްސޭރިފަށަށް ވެސް ސުނާމީ އަރައި، ގާތްގަނޑަކަށް 2،000 މީހުން ދިރިއުޅޭ ބަނދަރުމަތީ ސަރަހައްދެއް މިހާރު އޮތީ ފެނު އަޑީގައި ކަމަށް ރަޝިއާގެ އިމަޖެންސީ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި ބިންހެލުމާއި ގުޅިގެން އެމެރިކާގެ ހަވާއީ ސްޓޭޓަށް ވެސް ސުނާމީ އަރާނެ ކަމަށް ބެލެވޭތީ އެތަނުގައި ވަނީ ވަނީ ކުއްލި ހާލަތު އިއުލާނުކޮށް ރައްކާތެރި ހިސާބުތަކަށް މީހުން ގެންދިއުމުގެ މަސައްކަތް ފަށައިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved