April 4, 2026
Advertisement
މާލޭގެ ލޯކަލް މާރުކޭޓު
މާލޭގެ ލޯކަލް މާރުކޭޓު / ސޯޝަލް މީޑިއާ

ތަކެތީގެ އަގު އުފުލި ރައްޔިތުން ހަނާވަނީ ސަރުކާރުން ހަނު!

Mariyam Isaadha
މަރިޔަމް އިސާދާ
Jul 30, 2025, 07:58 PM
މާލެ ސިޓީ

ރާއްޖޭގައި ތަކެތީ އިންތިހާއަށް އުފުލި އާންމު ދިރިއުޅުމަށް ބުރުއަރާ ހިސާބަށް ގޮސްފިއެވެ.

Advertisement

މާލޭގައި ވިޔަފާޜި ކުރާ ވިޔަފާރިވެރިއަކު "ތޭރަ އޮންލައިން"އާ ވާހަކަ ދައްކަމުން ބުނެފައިވާ ގޮތުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލެމުން ދަނީ ޑޮލަރުގެ ތާށިކަން އޮތުމާ އެކު ވިޔަފާރިވެިރންވެސް ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހުމެވެ.

އެގޮތުން 25.10 ގެ ރޭޓުން މިފަހަކަށް އައިސް ޑޮލަރުން ގަންނަން ޖެހުނު ކަމަށް އެ ވިޔަފާރިވެރިޔާ މައުލޫމާތި ދިފައިވެއެވެ.

އަގު އުފުލެމުންދާ ތަކެތީގެ ތެރޭގައި ފިޔާ ބިސް އަދި މޭވާ އާ ތަރުކާރީގެ ބާވަތްތައްވެސް ހިމެނެއެވެ. ބާޒާރުން ފިޔާ ލިބުން ދަތިވެފައިވައި ވާއިރު، ބައެއް ފިހާރަތަކުން ފިޔާ ކިލޯއެއްގެ އަގު 70ރ އިން މައްޗަށް ވަނީ ގޮސްފައެވެ. ހަމަ އެފަދައިން އާފަލެއްގެ އަގު 11 ރުފިޔާއަށް ވެސް ވަނީ ޖެހިފައެވެ.

އާފަލު ފޮށިގަނޑެއް ލިބެން މިހުރީ 1،000 ރުފިޔާއަށް ވުރެ މަތީގައެވެ. ކުރިން އާފަލު ކޭހެއް އާއްމުކޮށް 580 ރުފިޔާއަށް ނުވަތަ 600 ރުފިޔާއަށް ގަންނަން ލިބެއެވެ.

މިކަމާ ގުޅިގެން އާންމުން ނުުރހުން ވިޔަފާރިވެރިންނަށް އަމާޒުކުރަމުންދާތީ ވިޔަފާރިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ވިޔަފާރިވެރިން ބުނާ ގޮތުގައި ސަރުކާރުން ޑޮލަރުގެ އަގު ކޮންޓްރޯލުކޮށްގެން ނޫނީ ތަކެތީގެ އަގު ދަށަށް ނުގެންދެވޭނެއެވެ.

ބާޒާރުގައި ތަކެތީގެ އަގު ހުރި މިންވަރަށް ބަލާއިރު:

  • ފެހި އަދި ރަތް އާފަލު - 10 ރުފިޔާ
  • އަނބު ކިލޯއެއް - 120 ރުފިޔާ
  • ކަރާ ކިލޯއެއް - 30 ރުފިޔާ
  • ފޭރު ކިލޯއެއް - 90 ރުފިޔާ
  • ރަންބުސްތާނު ކިލޯއެއް - 150 ރުފިޔާ
  • ކިވީ ކިލޯއެއް - 200 ރުފިޔާ
  • މިރުސް ކިލޯއެއް - 170 ރުފިޔާ/ މިރުހުގެ 100 ގްރާމް - 20 ރުފިޔާ
  • ލެޓިއުސް ފަތް ކިލޯއެއް - 60 ރުފިޔާ
  • ކޮޕީ ފަތް - ދެ ރުފިޔާ
  • ބަށި ކިލޯއެއް - 50 ރުފިޔާ
  • ފަޅޯ - 30 ރުފިޔާ
  • ލުނބޯ ކިލޯއެއް - 30 ރުފިޔާ
  • ބަރަބޯ ކިލޯއެއް - 25 ރުފިޔާ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved