March 18, 2026
Advertisement
މޫސުން ގޯސް ދުވަހެއްގައި މާލޭގެ މަގެއްގެ މަތި
މޫސުން ގޯސް ދުވަހެއްގައި މާލޭގެ މަގެއްގެ މަތި / ސޯޝަލް މީޑިއާ

ކުރިއަށް އޮތް ހަފްތާގައިވެސް މޫސުން ގޯސްވާނެ: މެޓް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 31, 2025, 12:49 AM
މާލެ ސިޓީ

ކުރިއަށް އޮތް ހަފްތާގައިވެސް ވައި ބާރުވެ، ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

Advertisement

މާދަމާ ހެނދުނު 06:00 އަށް މޫސުން ލަފާކުރާގޮތަށް ބަލާނަމަ ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ބެލެވެއެވެ. ހާއްސަކޮށް މެދުރާއްޖެތެރެ އާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ލަފާ ކުރެއެވެ.

ހުޅަނގާއި ހުޅަނގުއުތުރުން، އުތުރާއި، މެދުރާއްޖެތެރޭ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި މާދަމާ ވައި ޖެހޭނެ ކަމަށް ވެސް މެޓުން ލަފާކުރެއެވެ. ދެކުނު އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވެދާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.

މިއާއި އެކު، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުންވަނީ ހުދު އެލާޓްވެސް ނެެރެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved