

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ނެރުނު ހުދު ސަމާލު ދަންމައިފިއެވެ.
މެޓުން ފުރަތަމަ ހުދު ސަމާލު ނެރުނީ ހއ. އަތޮޅުން ފެށީގެން ތ. އަތޮޅަށެވެ. އެއީ ހެނދުނު 11:30 އިން ފެށިގެން ހަވީރު 17:30 އަށެވެ.
ނަމަވެސް މެޓް އޮފީހުން އިރުކޮޅެއް ކުރިން ނެރުނު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ކ.އަތޮޅަށެވެ. އެއީ މިރޭ 22:30 އިން ފެށިގެން ދަންވަރު 03:30 އަށެވެ.
ސަމާލުގައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެގި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުން ގޯސް ދުވަސްވަރަކަށް ވުމުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ކަމާއި ބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.