March 27, 2026
Advertisement
މެންބަރު އައްބާސް
މެންބަރު އައްބާސް / ސޯޝަލް މީޑިއާ

ރައީސް މުއިއްޒު ގެންދަވަނީ ދީނީ ތާކިހާ އަޅުއްވައިގެން ގައުމު ލޫޓުވަމުން: އެމްޕީ އައްބާސް

Mariyam Isaadha
މަރިޔަމް އިސާދާ
Aug 1, 2025, 11:17 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ ދީނީ ތާކިހާ އަޅުއްވައިގެން ހުންނަވާ މުޅި ގައުމު ލޫޓުވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ތުހުމަތުކުރައްވައިފިއެވެ.

Advertisement

އައްބާސް މީސް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ތާރީހުގައި ދުވަހަކު ވެސް ނުވަންނަ ވަރަށް ރާއްޖޭގެ ބައިތުލްމާލަށް މިހާރު ފައިސާ ވަންނަމުންދާ ކަމަށެވެ. ނަމަވެސް ޑޮލަރާއި ތަކެތީގެ އަގާއި ޒަރޫރީ ހިދުމަތްތަކުގެ އަގު ވެސް ދަނީ އިންތިހާއަށް ބޮޑުވަމުން ކަމަށެވެ.

އެގޮތުން ކޮވިޑުގެ ދަތި އުނދަގޫ ހާލަތުގައި ވެސް ރައްޔިތުން އުޅެން ނުޖެހޭ ހިތްދަތި އުނދަގޫ ހާލަތެއް މިހާރު ކުރިމަތި ކުރުވާފައިވާކަމަށް ވިދާޅުވެ އައްބާސްވަނީ ދީނީ ތާކިހާ ބޮލު އަޅައިގެން ރައީސް ޑރ. މުއިއްޒު އަޑީގައި ހުންނަވައިގެން މުޅި ގައުމު ލޫޓުވަމުން ދިޔުމަކީ ހިތާމަ ހުރި ކަމެއް ކަމަށް އައްބާސްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

އެހެންކަމުން މި ހާލަތުން އަރައިގަތުމަށް ރައީސް ޑރ. މުއިއްޒުއަށް ރައްޔިތުން ރަގަޅު މެސެޖެއް ދޭންޖެހޭ ހާލަތަށް ގައުމު އެދި ގޮވަމުން ދާ ކަމަށްވެސް އައްބާސް ވިދާޅުވެފައިވެއެވެ.

އައްބާސް މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ތަރީހުގައި ވެސް ނުދާހާ މައްޗަށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގުވެސް ދަނީ އަތް ނުފޯރާ ފަށަށް އުފުލެމުން ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved