theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ބާރަށު މައިކަށް 13 މިލިއަނޯލަ، އެންމެން ހެޕީ؟ / ތޭރަގްރެފިކްސް
ރިޕޯޓު
ބާރަށު މައިކަށް 13 މިލިއަނޯލަ، އެންމެން ހެޕީ؟
Mariyam Isaadha
މަރިޔަމް އިސާދާ
03 އޯގަސްޓު 2025
މާލެ ސިޓީ

ދިވެހި ދައުލަތުގައި ފައިސާ ނެތް ކަމަށާ ބޮޑެތި ބޭކާރު ކަރަދުތައް ނުކުރަން ފިނޭންސްް މިނިސްޓްރީއާ ދުނިޔޭގެ މާލީ އިދާރާތަކުންވެސް ލަފާ ދީފައިވެއެވެ. ނަމަވެސް ސަރުކާރުން އެ ކަންކަމަށް ބީރު ކަންފަތެއްދީ ވަކި ބަޔަކު ރުއްސަން ބޭކާރު ބޮޑެތި ޚަރަދުކޮށް، ވަކި ބަޔަކަށް މަންފާތަކެއް ހޯދައިދޭ ކަމުގެ ތުހުމަތު މި ސަރުކާރަށް އަމާޒުވެފައިވެއެވެ.

ޚާއްސަކޮށް ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމާ އެކު އެމަނިކުފާނާ ވަރަށް ކައިރިވެ ގާތް ގުޅުމެއް އުފައްދާފައިވާ، މާލެ ސިޓީ ކައުންސިލްގައި އުޅުނު އިރު މޭޔަރ މުއިއްޒަކީ ގަޅިއެއް ކަމަށް ބުނި ބާރަށު މައިކު، އޫޕްސް، މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ މެމްބަރު އިބްރާހިމު ޝުޖާއުގެ ކުންފުންޏަކަށް "ފޭވަރ"ކޮށް ސަރުކާރުގެ ހުރިހާ ހަފްލާތަކެއްގެ ސައުންޑުން ފެށިގެން ގޮސް މުޅި ހަފްލާގެ ކަންކަން އިންތިޒާމު ކުރަން ބޮޑު އަގުގައި ދޭކަމުގެ ތުހުމަތުތައް ރަށު ތެރޭގައި ދިޔައީ އަބަދުވެސް ގަދަވަމުންނެވެ.

މިހެން ހުއްޓާ ވިސްލް ބްލޯވަރ ހަސަން ކުރުސީ މިވަނީ ވަރުގަދަ ފަޅާލުމެއް ފަޅާލާފައެވެ. އެގޮތުން ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނަވާ ޝުޖާއުގެ މަސްލަހަތު އޮތް ކުންފުންޏަކަށް ގިނަ އަދަދަކުން ފައިސާތަކެއް ދިން ވާހަކައެއްގެ އަޑު އިއްޔެ ރެއިން ފެށިގެން ރަށު ތެރޭގައި ކިޔަން ފެށިއެވެ.

އެއާއެކު ބާރަށ މައިކުގެ އަޑު ތުރުތުރު އަޅަމުން އެކަން ދޮގުކުރި ނަމަވެސް ކުރަކި އަޑަކުން ބުނެފައިވަނީ އެ ރިޕޯޓުގެ ސައްހަކަން ކަށަވަރު ނުވާ ކަމަށެވެ. ނަމަވެސް އެއީ ސައްހަ ރިޕޯޓެއްކަން ހާމަވެފައިވެއެވެ. އަދި މައްސަލަ ބަލަމުންދާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ކޮންމެ އަކަސް މިއީ ރައްޔިތުންނަށް ޚަރަދުކުޑަކުރިން އެންގި ޕީއެންސީއަށް ނިސްބަތްވާ ނިކަން އަޑު ހަރު މައިކެއްގެ ވާހަކައެވެ.

ޝުޖާއުގެ މަސްލަހަތު އޮންނަ އޮފިޝަލް އިވެންޓްސް ހިމެނޭ ހެން ތިން ކުންފުންޏަކަށް ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި އެއް އަހަރު ތެރެއިން 13.1 މިލިއަން ރުފިޔާ ސިޓީ ކައުންސިލުން ދީފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ތައްޔާރު ކޮށްފައިވާ ކަމަށް ބުނާ ތަފްސީލު ރިޕޯޓެއް ފަޅާއަރައި ރަށު ތެރޭގައި ކިޔާއަޑު ގަދަވެއްޖެއެވެ.

13 މިލިއަން ޔޯލައެވެ. އޭގެ ތެރެއިން 1 މިލިއަން 8 ލައްކަ 94 ހާސް ދުއި ސައްތަ ފަސްދޮޅަސް ރުފިޔާއަކީ ޝުޖާއުގެ އެކަނި އެއްޗެއް ކަމަށެވެ. މި ކުޑަ މިންވަރެއް ކަމަށެވެ. މީގެ ކުރިން ވެސް ޝުޖާއުއަށް މި ކަހަލަ ހަދިޔާތައް ލިބޭ ވާހަކައަކީ ވެސް ހަރު އަޑެކެވެ.

އެގޮތުން ރައީސް މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިޔާތާ ސްޕޯޓްސް އެވޯޑްގެ އިވެންޓް މެނޭޖް ކުރުމާ ވޭލާނާ އެއާޕޯޓު ހުޅުވި ރަސްމިޔާތު މެނޭޖުކުުރުން ފަދަ ބޮޑެތި އިވެންޓުތަކަކީ ރައީސް މުއިއްޒު ޝުޖާއުއަށް ދެއްވާފައި ހުރި ހަދިޔާތަކެވެ.

ގައުމުގެ އިގްތިސޯދީ ހާލަތު ގޯސްކަމުން ރައްޔިތުން ދަށް ފަންތީގެ ދިރިއުޅުމަކަށް ތިރިވެލާ ގަރުދަޔައާ ބަތާ ކާން ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފު ގޮވާލާފައިވެއެވެ. ނަމަވެސް ސަރުކާރުގެ އަމަލުތަކުން ފެންނަ ގޮތުގައި، ސަރުކާރު ވަރަށް މުއްސަންޖެވެ. ހާސްވާން ޖެހޭ ވަރުކަމެއް ނެތެވެ.

އެހެންޠާ ފަހެ ޝުޖާއު ވެސް ފެންފޮދަކާ ނުލާ ކަރުގައި އަޅައިގަތުމެއް ތަށީކަމެއް ނެތި އެ ދިރުވާލަނީ މިލިއަނުން ވިއްޔާއެވެ. އެންމެން ހެޕީ ހެއްޔެވެ؟

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?