April 17, 2026
Advertisement
ޕީއެންއެފް ޖަލްސާ
ޕީއެންއެފް ޖަލްސާ / ޝާވިން | ތޭރަ އިމޭޖްސް

ޕާޓީތަކަށް މީހުން ވެއްދުމަށް އޮންނަ އުސޫލަކީ ތަކްލީފަކަށް ވެގެން ނުވާނެ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Feb 25, 2024, 05:00 PM
މާލެ ސިޓީ

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމަށްޓަކައި ހެދިފައި ހުުންނަ އުސޫލުތަކަކީ ތަކްލީފަކަށް ވެފެން ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ރޭ ދަ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަަކަ ދައްކަވަމުންނެވެ.

ކެންޑިޑޭޓަކަށް އަމާޒުކުރެއްވި ސުވާލެއްގެ ތެރެއިން އެމަނިކުފާނު ވަނީ ސިޔާސީ ޕާޓީތަކަށް މީހުން ވަނުމަށް ފުރާ ފޮމުގައި ހިމަނަން ޖެހޭ މައުލޫމާތާ އަދި އެ މައުލޫމާތު ހޯދުމުގައާ އަދި ވެރިފައި ކުރުމުގައި އިލެކްޝަން ކޮމިޝަންސްއިން ގެންގުޅެމުންދާ އުސޫލަކީ އުނދަގޫ މަރުހަލާތަކެއް ކަމަށް ފާހަގަކުރައްވާފައެވެ.

ސިޔާސީ މަސައްކަތްކުރަނީ ކޮންމެ ގައުމެއްގައިވެސް މުއައްސަސާތަކަކީ ރައްޔިތުން ބޭނުންތެރި މަސައްކަތްތަކެއް ކުރާ ތަންތަނަށް ހެދުމަށް. އެހެންކަމުން އިލެކްޝަން ކޮމިޝަންގެ ހުރިހާ ކަމެއްވެސް ހުންނަންވާނީ މި އަމާޒަށް ވާސިލްވުމަށް. ނަމަވެސް ޕާޓީއަކަށް މީހަކު ވަނުމަކީ ވަރަށް އުނދަގޫ ކަމެއްގެ ގޮތުގައި މިހާރު މި އޮންނަނީ. އައިޑީ ކާޑޫ ގެނައުމުގެ އިތުރަށް އަދި ޒާތީ އެތައް މައުލޫމާތެއް އެބަ ޖެހޭ ފުރަން. މިއީ ފަސޭހަކަމެއް ނޫން. އިނގިލީގެ ނިޝާންވެސް ޖަހަން އޮވޭ. އެކަމަކު ވެރިފައި ކުރެވޭނެ ގޮތެއް އީސިގައި ނެތް.

ރައީސް ޔާމީން

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު އެމަނިކުފާނު ގެންދަވަނީ އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްކުރައްވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved