February 20, 2026
Advertisement
އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް
އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް / ގެޓީ އިމޭޖަސް

ޒައިނިސްޓުން އަޤްސާ މިސްކިތަށް ވަދެގަތުން ވަޒީރު ޝަހީމް ކުށްވެރިކުރައްވައިފި

Sudha Latheef
ސުދާ ލަތީފް
Aug 4, 2025, 07:41 PM
މާލެ ސިޓީ

އަލް އަގްސާ މިސްކިތަށް ޒަޔަނިސްޓުން ވަދެގަނެ ހިންގި އަމަލުތައް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު  ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި އެވެ.

Advertisement

ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިފަދަ ކަންކަން ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުއިން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

"ބައިނަލްއަގުވާމީ ރިޒޮލިއުޝަންތަކާއި ކޮންވެންޝަންތަކާއި ހިލާފަށް ޒަޔަނިސްޓުން ހިންގާ މިފަދަ އަމަލުތައް ހުއްޓުވަން ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވައިލަން،" މިނިސްޓަރު ވިދާޅުވި އެވެ.

އިއްޔެ އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ އެހީގައި، އެ ގައުމުގެ މިނިސްޓަރުން ހިމެނޭ ގޮތަށް ޒަޔަނިސްޓުންތަކެއް އަގްސާ މިސްކިތަށް ވަދެގަނެ، އިސްލާމްދީނާ ހިލާފު ކަންކަން ހިންގައި، ޔަހޫދީންގެ ދީނީ އަޅުކަން ކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ފަލަސްޠީނުގެ މައްސަލައިގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޤަބޫލްކުރާ ގޮތް ބައިނަލްއަޤުވާމީ މައިދާންތަކުގައި ވަރަށް ހަރު އަޑުން އަންގައިދެމުންދާއިރު، ދިވެހި ސަރުކާރުން އަންނަނީ ފަލަސްޠީނުގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved