theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަބްދުލްޣަނީ މުހައްމަދު / ވިކިޕީޑިއާ
ސިޔާސީ
އުއްތަމަ ފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން ރުހުން ދީފި
Sudha Latheef
ސުދާ ލަތީފް
04 އޯގަސްޓު 2025
މާލެ ސިޓީ

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަބްދުލްޣަނީ މުހައްމަދު އައްޔަންކުރަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

އުއްތަމަ ފަނޑިޔާރަކަށް އެެންމެ ފަހުން ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ މަހު މަގާމުން ރިޓަޔާ ކުރެއްވުމުން ހުސްވި މަގާމަށް ކުރިމަތިލެއްވީ ޣަނީގެ އިތުރުން ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދާއި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ލަފާ ދިނީ ޣަނީ އައްޔަން ކުރުމަށެވެ. އަދި އެ ކޮމިޝަންގެ ލަފާގައި ދެވަނައަށް އިސްކަން ދިނީ ގާޒީ އަބްދުﷲ ގެ ނަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މަޖިލީހަށް ނަން ފޮނުއްވީ އެގޮތަށެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް އެ މައްސަލަ ފޮނުވުމުން އެ ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުން މިއަދު ފާސްކުރީ އުއްތަމަ ފަނޑިޔާރު ކަމަށް ޣަނީ އައްޔަން ކުރުމަށެވެ. ނަމަވެސް އެކަމާ މެދު ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.

ޣަނީއަކީ 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް މަދަނީ ކޯޓުގެ ގާޒީކަން ކުރެއްވުމަށްފަހު 2004 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި 2018 ވަނަ އަހަރުން ފެށިގެން ހުންނަވަނިކޮށް ޑިސެމްބަރު، 2019 ގައި އޭނާ މަގާމުން ވަކިކުރަން މަޖިލީހުން ނިންމީ ސުޕްރީމް ކޯޓުން އޭރު ނިންމި ބައެއް ނިންމުންތަކާ ގުޅިގެންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved