theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ލަންކާގެ އާ ރައީސް / ސޯޝަލް މީޑިއާ
ހަބަރު
ސްރީލަންކާގެ ކުރީގެ ރައީސުންގެ އިނާޔަތްތައް އުނިކުރަނީ
Sudha Latheef
ސުދާ ލަތީފް
04 އޯގަސްޓު 2025
މާލެ ސިޓީ

ސްރީ ލަންކާގެ ކުރީގެ ރައީސުންނަށާއި ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެމްބަރުންނަށް ދޭ އުމުރު ދުވަހުގެ އިނާޔަތްތައް ކަނޑާލުމުގެ ބިލެއްގެ ދެލިކޮޕީ އެކުލަވާލައިފި އެވެ.

މި ބިލު ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމަށްފަހު ފަސް އަހަރު މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ދެމުން އައި އުމުރު ދުވަހުގެ ޕެންޝަނާއި، ކުރީގެ ރައީސުންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް ދެމުންއައި ސެކިއުރިޓީ އާއި ބޯހިޔާވަހިކަމާއި މުވައްޒަފުންގެ އިނާޔަތްތައް ދާނީ ހުއްޓިގެންނެވެ.

ސްރީލަންކާގެ ކުރީގެ ރައީސުންނަށް ލިބެމުންދާ އިނާޔަތް ތަކުގެ ތެރޭގައި ބޯހިޔާވަހިކަމާއި, މާލީ އެލަވަންސާއި ދަތުރުފަތުރު ކުރުމުގެ ހަރަދު, އަދި އެ ފަރާތްތަކަށް ބޭނުންވާ މުވައްޒަފުންގެ މުސާރަ ފަދަ އިނާޔަތްތައް ހިމެނެ އެވެ. ނަމަވެސް މިހާރު އެ ގައުމުގައި ގާނޫނު އޮންނަ ގޮތުން މި އިނާޔަތްތަކަކީ ކުރީގެ ރައީސުންނަށާއި، މެމްބަރުކަން ކޮށްފައިވާ ފަރާތްތަކަށް ލިބޭ އެއްޗެކެވެ.

ފާއިތުވި ހަފުތާގައި ސްރީ ލަންކާގެ ވަޒީރުންގެ މަޖިލީހުން ވަނީ މިކަމަށް މަޝްވަރާކޮށް، ގާނޫނު ހަދާ މަޖިލީހަށް ބިލް ހުށަހެޅުމަށް ދަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved