March 14, 2026
Advertisement
.
.

ލަންކާ ކައިރިން ދިން ހަމަލާގައި މަރުވި އީރާނުގެ 84 މީހުންގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި

Yana Shareef
ޔާނާ ޝަރީފް
Mar 14, 2026, 02:30 AM

އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނުގެ ހަނގުރާމަ މަނަވަރުތަކަށް ސްރީ ލަންކަަ ކައިރިން ދިން ހަމަލާގައި މަރުވި 84 މީހުންގެ ހަށިގަނޑު އެ ގައުމަށް ގެންދާ ޗާޓަރު ފްލައިޓް މައްޓަލާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިފިއެވެ.

Advertisement

ދެ ގައުމު ގުޅިގެން ދިން ހަމަލާގައި އީރާންގެ އެއް މަނަވަރު ވަނީ ކަނޑުއަޑިއަށް ފައްތާލައިފައެވެ. އެ މަނަވަރަކީ އިންޑިއާ އިން ބޭއްވި ކަނޑުގެ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވި އީރާނުގެ "އައިއާރުއައިއެސް ޑީނާ" ނަމަކަށް ކިޔާ މަނަވަރެކެވެ. އެ މަނަވަރު ފައްތާލީ އެމެރިކާގެ ސަބްމެރީންއަކުން ދިން ހަމަލާއެއްގައެވެ.

އެ މަނަވަރަށް ދިން ހަމަލާގައި 84 އީރާނުގެ ސިފައިން ވަނީ މަރުވެފައެވެ.

ލަންކާގެ ނޫސްތަކުން ބުނީ އީރާނުގެ 84 ސިފައިންގެ ހަށިގަނޑުތަކާއެކު އެއާބަސްގެ މަތިންދާބޯޓު އެ އެއާޕޯޓުން ފުރީ މިރޭ 9:29 ހާއިރު ކަމަށެވެ.

އެ މީހުންގެ ހަށިގަނޑުގެ ބައިތައް މި ހުރިހާ ދުވަހު ގާލޭ ނޭޝަނަލް ހޮސްޕިޓަލުގެ މޯބައިލް ކޯލްޑް ސްޓޯރޭޖް ޔުނިޓެއްގައި ބެހެއްޓިއިރު، އެެ ހަށިގަނޑުތައް ލޮރީގައި މައްޓަލާއަށް ގެންގޮސްފައިވަނީ ކޯޓުން ކުރި އަމުރާއި ގުޅިގެންނެވެ. މިގޮތުން މިއަދު ހެނދުނުގެ ވަގުތެއްގައި 45 މީހެއްގެ ހަށިގަނޑު ގެންގޮސްފައިވާއިރު ބާކީ 39 މީހެއްގެ ހަށިގަނޑު މިއަދު މެންދުރުފަހު ވަނީ ގެންގޮސްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved