

ރާއްޖެ އަށް މިހާރު ކުރިމަތިވެގެން މިއުޅޭ އިގްތިސާދީ ދަތި ހާލުގެ އެންމެ ބޮޑު ހިއްސާދާރަކީ ނިމިގެންދިޔަ އެމްޑީޕީ ސަރުކާރު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދުގެ ޕްރޮގްރާމްގައި ވާހަކަދައްކަމުން ސައީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަން 2023 އަށް ނިންމައިލިއިރު 125.2 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށާއި ވެރިކަން ނިމުނު އިރު އެތައް ހާސް ޑޮލަރެއް ޗާޕްކޮށްފައިވާ ކަމަށެވެ.
ރާއްޖެ 40 އަހަރުން އުފެއްދި ނޫނިއްޔާ 50 އަހަރުން އުފެއްދި ދަރަންޏަށް ވުރެ ބޮޑޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރުން އުފެއްދި ދަރަނި
ވެރިކަމާއި ހަވާލުވިއިރުވެސް މި ސަރުކާރުން ބުނަމުން ގެންދިޔައީ ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ހިސާބު ވަރަށް ރަނގަޅަށް އެގިވަޑައިގަންނަވާ ކަމަށާއި މި ހީނަރުކަމުން އަރައިގަންނަން ދުރު ރާސްތާ ޕްލޭން އެއް ސަރުކާރުން ގެންގުޅޭ ކަމަށެވެ.
ނަމަވެސް، ވެރިކަމަށް ދެ އަހަރުވެގެންދާއިރުވެސް މުއިއްޒުގެ ސަރުކާރުން ކިޔަމުން މިގެންދަނީ އެއް ފަރިއްސެއްކަން ފާހަގަކުރެވެއެވެ.
ދައުލަތް އޮތީ ދަރަނިވެރިވެފައިކަން އެގިތިބެ މި ސަރުކާރުން އަންނަނީ އެއްވެސް ހިންގުންތެރިކަމެއް ނެތި ފައިސާތައް ޚަރަދުކުރަމުންނެވެ.
ސައީދު އިތުރަށް ވިދާޅުވިިގޮތުގައި ޑިސެމްބަރު 2023 ގައި މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ދައުލަތުގެ ކުންފުނިތަކުން އެކި ފަރާތްތަކަށް 9.1 ބިލިއަން ރުފިޔާ ދޭން ޖެހިފައި ހުރި ކަމަށެވެ.
ކަންމިހެން ހުރި އިރު ދަރަނިތައް އަދާކޮށް، ޚަރަދު ކުޑަ ކުރުމަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާ މިލިއަނުން އަންނަނީ ދެއްކުންތެރިކަމުގެ ބޭނުމުގައި ދައުލަތުގެ ފައިސާ އިސްރާފުކުރަމުންނެވެ.