March 19, 2026
Advertisement
ފަލަސްތީނުގެ ގެދޮރު ރޯކޮށް ޓިކްޓޮކް ކުޅުނު ޔަހޫދީ ސިފައިންގެ މީހާ
ފަލަސްތީނުގެ ގެދޮރު ރޯކޮށް ޓިކްޓޮކް ކުޅުނު ޔަހޫދީ ސިފައިންގެ މީހާ / ސޯޝަލް މީޑިއާ

ފަލަސްތީނުގެ ގެތައް ރޯކުރުމަށް ފަހު އިޒްރާއީލުން ބުނަނީ ބާބަކިއު ހަދާލަނީ ކަމަށް!

Mariyam Isaadha
މަރިޔަމް އިސާދާ
Feb 25, 2024, 07:57 PM
ފަލަސްޠީން

ފަލަސްތީނުގެ ޣައްޒާގައި މީހުން ދިރިއުޅުމުންދާ ގެތައް ރޯކޮށް އަންދާލާ އަންދާލުމަކީ ބާބަކިއު ހެދުމުގެ ގޮތުގެ ހައްދު ފަހަނަ އެޅި އިޒްރާއީލުން ސިފަކޮށްފިއެވެ.

Advertisement

އެގޮތުން ފަލަސްތީނުގެ ޒައިރޫން އަވަށުގައި ހުރި ގެދޮރުގައި ހުޅުޖަހާ ރޯކުރުމުމަށް ފަހު ސެލްފީ ނަގަމުން އިޒްރާއިލުގެ ސިފައިންގެ މީހަކު ބުނެފައިވަނީ އެއީ ބާބަކިއު ހަދަނީ ކަމަށެވެ.

ޓިކްޓޮކުގައި އެ ސިފައިންގެ މީހާ އާންމުކުރި ވީޑިއޯގައި ފެނިގެން ދަނީ ހެމުން އެއީ ދެން އިޒްރާއީލުން އާބާދުވާނެ ތަނުގެ ގޮތުގައިވެސް ސިފަ ކޮށްފައެވެ.

އިޒާޑޯ އެލްގަބްރީ ނަމަކަށް ކިޔާ އެ ސިފައިންގެ މީހާ އެ ވީޑިއޯގައި ބުނާ ގޮތުގައި "ސެވޯނީ ސެޓްލްމަންޓް" ކަމަށާއި އެކަމަށް ދެން މާ ގިނަ ދުވަހެއް ނެތް ކަމަށެވެ.

ޔަހޫދީން ފަލަސްތީނުގެ ބިންތައް ހިފަމުން އާބާދު ކުރަމުން ގެންދާ އިރު, އިޒްރޭލުގެ އާ ޕްލޭނަކީ ހުޅަނގު އައްސޭރީގައި 3,300 ގެދޮރު އިމާރާތް ކޮށް ބޮޑު އަވަށެއް ހެދުމެވެ. އެކަން ކުރާނެކަމަށް އިޒްރޭލުގެ މިނިސްޓަރު ބެޒާލެލް ސްމޯރިޒް އިއުލާން ކޮށްފައި ވާ އިރު, އެމެރިކާ އާއި އީޔޫއިން ވަނީ އެއީ ކަންބޮޑުވާ އިއުލާނެއް ކަމަށް ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved