theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން / ދަ އެޑިޝަން
ހަބަރު
ރިޔާސީ ކޮމިޝަނުން އެންގި ފިޔަވަޅުތައް އެޅިތޯ ބަލަން އިހުސާނު މަޖިލީހަށް ހާޒިރުކުރަނީ!
Mariyam Isaadha
މަރިޔަމް އިސާދާ
06 އޯގަސްޓު 2025
މާލެ ސިޓީ

މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން އެންގި ފިޔަވަޅުތައް އެޅިތޯ ބަލަން ހޯމް މިނިސްޓަރު އަލީ އިހުސާނު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން އެދިއްޖެއެވެ.

މިކަމަށް އެދިފައިވަނީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)އެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ފުލުހުންގެ ފަރާތުން އިހުމާލުތަކެއް ވެފައިވާ ކަމަށާއި އެ ތަހުގީގުގައި ފަރުވާ ކުޑަ ކުރި ފުލުހުންގެ މައްސަލަ ބަލައި އިސްލާހީ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

"ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ޖިނާއީ ތަހުގީގު ހިންގަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ މައްޗަށް ފުލުހުން ތަހުގީގެއް ހިނގަމުންދޭތޯ؟ އަދި އެ ތަހުގީގުތައް މިހާރު ގޮސްފައިވަނީ ކިހާ ހިސާބަކަށްތޯ." ކުޑޫގެ ސުވާލުގައި ބުނެފައިވެއެވެ.

މަޖިލީހަށް އިހުސާން ހާޒިރުކުރަން އެދިފައިވާއިރު އިދިކޮޅު މެންބަރުން ހުށަހަޅާ ސުވާލުތަކަށް ޖަވާބު ދިނުމަށް ވަޒީރުން ހާޒިރުނުކުރާތީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކޮންމެ މައްސަލައެއް ވަކިވަކިން ފުލުހުން ބަލާނެ ކަމަށާއި ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުން ވަކިވަކި ފުލުހުން އަމަލުކޮށްފައިވާ ގޮތް ވެސް ބަލާނެ ކަމަށް އަދަދު އަށް ޖޫން 19، ގައި އިހުސާން ވިދާޅުވިއެވެ.

މީގެ ކުރިން އިހުސާން ވަނީ މި މައްސަލާގައި ފުލުހުންގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ފުލުހުންގެ މައްސަލައެއް އޮތްކަން ހާމަވާ ދުވަހަކުން އެކަން ތަހުގީގުކޮށް ފުލުހުންނާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަން ނުކޮށްފިނަމަ އޭނާއާ ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް މެއި 12، ގައި ބޭއްވި އަހާ ފޯރަމުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވިއެވެ.

ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު ހ. މިޓާޒްގޭގެ ފުރާޅު މަތިން އެއްވެސް ހެއްކެއް ހޯދަން ފުލުހުން މަސައްކަތެއް ކޮށްފައި ނުވެ އެވެ. އެޕްރީލް 18، ގެ ހަވީރު ފެންޓެނޯއީއަށް ތަހުގީގަށް ދިޔަ ޓީމުގައި ހިމެނޭ އިންވެސްޓިގޭޝަން އޮފިސަރުންނާއި ސީން އޮފް ކްރައިމް އޮފިސަރުން ވެސް ހ. މިޓާޒްގޭގެ ފުރާޅަށް އަރައި ހެކި ހޯދުމަށް މަސައްކަތް ކޮށްފައި ނުވެއެވެ.

މިފަދަ ކަންކަން ތަކުރާރުވެ ނުދިނުމަށް ފުލުހުންގެ ތެރޭގައި ހުރި އެސްއޯޕީތައް މުރާޖާ ކުރުމަށް ކޮމިޝަނުން ވަނީ ލަފާ ދީފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?