

ޤާނޫނުގެ ތެރޭގައި ކުރަން ޖެހޭ އެއްވެސް ކަމެއް ރައީސް މުހައްމަދު މުއިއްޒަކަށް ނުކުރެވޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބެއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒުގެ އަރިހުގައި މީހުން ތިބި ނަމަވެސް ރައްޔިތުންނަށް ގެނެސްދެވޭނެ ރަނގަޅު ހަބަރެއް ނެތް ކަމަށާއި ފެއްޓޭނެ ރަނގަޅު މަޝްރޫއެއް ނެތް ކަމަށެވެ.
ރައީސް ޔާމީން އިރުތަށް ވިދާޅުވީ މިހާރު އޮތް އެންމެ ބޮޑު މައްސަލައަކީ ޤާނޫނީ އިމުގެ ތެރެއަށް ރައީސް މުއިއްޒުއަށް ނުވެދިގެން އުޅޭ މައްސަލަ ކަމަށެވެ.
މައްސަލައަކީ ޤާނޫނީ އިމުގަ ތެރެއަށް މުއިއްޒު އަށް ނުވެދެވިގެންއުޅޭ ކަންތައްތައް. މުއިއްޒު މިހާރުވެސް ދޫކޮށްލަންވީ ނޫންތޯ މުއިއްޒުގެ މައްޗަސް މި އަންނަ ތުހުމަތުތައް ބަލާލުމައްޓަކައި. އެ ކުށުން ބަރީއަވުމަކީ ރައްޔިތުންގެ ތެރޭގައި ކުރަންޖެހޭ ކަމެއް. ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު މި ދެންނެވީ މިސާލަކަށް އެމްއެމްއޭ ކަހަލަ ތަނަކުން ، މަރުކަޒީ ބޭންކުން އެ އަންނަނީ އުފައްދާ އެއްޗިއްސެއް ނޫން. އެއީ އެތާ ހުރި މައުލޫމާތު. ބޭންކް ތަކުން ހިނގާފަހުރި މުއާމަލާތްތަކުގެ ތަފްސީލު އެއީ. އެއައިމަ ކުށުނަ ބަރީއަވުމައްޓަަކައި ރައްޔިތުންނަށް ތިމަންނައަކީ ސާފު މީހެއް ކަމަށް ބުނުމައްޓަކައި މިކަންތަައް ކުރަން އެބަ ޖެހޭ
ރައީސް ޔާމީން ވިދާޅުވީ މިހާރު އޮތް މައްސަލައަކީ ނިޒާމާއި ޤާނޫނާއި ރޫލް އޮފް ލޯ ގެ ބާރު ކަނޑުވާލުން ކަމަށެވެ. ރައިސް ޔާމީން ވިދާޅުވީ ވެރިޔަކު ކިތަންމެ ރަނގަޅަށް ވެރިކަން ކުރަން އުޅުނު ނަމަވެސް ސަރުކާރު ހިންގަން ނޭގޭ ނަމަ ވެރިކަމެއް ނުކުރެވޭނެ ކަމަށެވެ.