March 18, 2026
Advertisement
ނަތަންޔާހު
ނަތަންޔާހު / ސޯޝަލް މީޑިއާ

ޣައްޒާ އެއްކޮށް ހިސޯރުކުރަން ސަހްޔޫނީންގެ ކެބިނަޓުން ނިންމައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 8, 2025, 06:08 PM
މާލެ ސިޓީ

ސަހްޔޫނީން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ އިތުރަށް ފުޅާ ކުރުމުގެ ގޮތުން، ސަހްޔޫނީންގެ އަސްކަރިއްޔާ އިން މުޅި ޣައްޒާގެ ކޮންޓްރޯލް ނަގާނެ ކަމަށް، އެ ގައުމުގެ ކެބިނެޓް އިން ހާމަކޮށްފިއެވެ.

Advertisement

ޖައްބާރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހައްދު ފަހަނައަޅާފައިވާ ސަހްޔޫނީންގެ ބޮޑު ވަޒީރު ނަތަންޔާހޫގެ ފަރާތުން ހުށަހަޅާފައިވާ ޣައްޒާ ސިޓީ ކޮންޓްރޯލް ކުރުމުގެ ހުށަހެޅުމަށް، އެ ޤައުމުގެ ސެކިއުރިޓީ ކެބިނެޓުން ހުއްދަ ދީފައިވާ ކަމަށެވެ.

ސަހްޔޫނީން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ފުޅާކޮށް، ޣައްޒާގެ ފުރިހަމަ ކޮންޓްރޯލް ނަގަން ނިންމާފަައި މި ވަނީ، ބައިނަލްއަޤުވާމީ މުޖުތަމައުގެ ހިތްހަމަނުޖެހުމާއި ފާޑުކިޔުން އެ ޤައުމަށް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އަދި މި ދަނޑި ވަޅަކީ ޔޫރަޕުގެ ގިނަ ޤައުމުތަކަކުން ވެސް ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނާނެ ކަމަށް އިއުލާން ކޮށްފައިވާ ވަގުތެކެވެ.

ޣައްޒާގެ ފުރިހަމަ ކޮންޓްރޯލް ނެގުމަށް ސަހްޔޫނީ ސިފައިން އަންނަނީ ތައްޔާރީތައް ވަމުންކަން ހޯދިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved