March 22, 2026
Advertisement
ފަލާހް ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.
ފަލާހް ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. / ޕީޕީއެމް

ފަލާހަކީ އަދުރޭގެ ގޭމް ޕްލެޔަރެއް: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Aug 8, 2025, 09:00 PM
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ެ ޕީޖީ ލީޑަރުކަމުގައި ހުންނެވި އިބްރާހިމު ފަލާހުއަކީ ޕީއެންސީގެ ޗެއަރޕާސަންގެ މަގާމުގައި ހުންނެވި ނަމަވެސް މިވަގުތު އެ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައި ހުރި، މަޖިލީހުގެ ރައީސް އަބްދުއްރަހީމު އަބްދުﷲގެ ގޭމް ޕްލެޔަރެއް ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެެ.

Advertisement

ރައީސް އަބްދުﷲ ޔާމީން ޕީއެންސީގެ ތެރޭގައި ފިތުނަ އުފައްދަން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސަށް ފައިސާ ދިން ކަމަށް ފަލާހު ވިދާޅުވުމާ ގުޅިގެން މަލީހު ވަނީ ފަލާހުގެ ވާހަކަތަކަށް ރައްދު ދެއްވާ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

މަލީހު ވިދާޅުވީ ފަލާހުއަކީ އަބްދުއްރަހީމުގެ މަކަރުވެރި ރޭވުމުގެ ތެރެއިން ޕީއެންސީއެއް ގެނެސްފައި ހުރި އަބްދުއްރަހީމުގެ އަޅު ކުއްޖެއް ކަމަށާ ފަލާހު އޮޕަރޭޓުކުރަނީ ވެސް އަބްދުއްރަހީމު ކަމަށެވެ.

އެގޮތުން ފަލާހަށް ޕީޖީ ލީޑަރުކަން ދީފައިވަނީ އަބްދުއްރަހީމު ޕީއެންސީގެ ބާރުތައް ނަގާ ހަމަޖެހިލެވެންދެން ކަމަށާ ފަލާހު މިހާރު ފާޑުފާޑުގެ ވާހަކަ އެދައްކަވަނީ އަބްދުރަހީމުގެ އިރުޝާދުގެ ދަށުން ވަގުތު ގަތުމަށްޓަކައި ކަމަށްވެސް މަލީހު ވިދާޅުވެފައިވެއެވެ.

މަލީހު ތުހުމަތު ކުރައްވާފައިވާ ގޮތުގައި އަބްދުއްރަހީމުގެ ގޭމް ޕްލޭނަކީ ދައުރު ނިމެންދެން ފަލާހު ޕީޖީ ލީޑަރަކަށް ބަހައްޓާ އަބްދުއްރަހީމު ހިމާޔަތްކުރުން ކަމަށެވެ. ފަލާހުއާ އަބްދުއްރަހީމު ގުޅިގެން ހިންގާ އެ ޖަރީމާގެ ހަގީގަތް ރައީސް ޑރ މުހައްމަދު މުއިއްޒަށް ވިސްނިވަޑައިނުގަންނަތުމަކީ ދެރަވަރު ކަމެއްގެ ގޮތުގައި މަލީހު ސިފަކުރައްވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved