March 17, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ގާނޫނުއަސާސިއަށް 17 އަހަރު: ގައުމު މިސްރާބު އޮތީ އޮޅުން ސުވާއްޔެއްހެން!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 9, 2025, 08:56 PM
މާލެ ސިޓީ

ރާއްޖޭގައި ޢަމަލުކުރަމުން ގެންދާ "ފެހި" ޤާނޫނުއަސާސީ އަށް ޢަމަލުކުރަން ފެށިތާ 17 އަހަރު ފުރިއްޖެއެވެ. މިހާރު ޢަމަލުކުރަމުންގެންދާ ޤާނޫނުއަސާސީ ތަސްދީޤްކުރެއްވީ 2008 އަހަރުގެ އޯގަސްޓް މަހު ހަތްވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު ޢަބްދުލް ޤައްޔޫމެވެ.

Advertisement

ރާއްޖޭގައި ފުރަތަ ފަހަރަށް ޤާނޫނުއަސާސީއެއް އެކުލަވާލާ ޢަމަލުކުރަން ފަށްޓައިފައި ވަނީ 86 އަހަރު ކުރިން 22 ޑިސެމްބަރ 1932 ގައެވެ. 29 މާއްދާގެ މައްޗަށް އެކުލެވޭ އެ ޤާނޫނުއަސާސީ ތަސްދީޤް ކުރެއްވީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން ރަދުންނެވެ. މިހާރު ޢަމަލުކުރުމުންދަނީ ރާއްޖޭގެ ފަނަރަ ވަނަ ޤާނޫނު އަސާސީއަށެވެ.

ރައީސް މަޢުމޫނުގެ ވެރިކަމުގައި ސަތާރަ އަހަރުން އިޞްލާޙުކޮށް ޢަމަލުކުރަން ފެށި ޤާނޫނުއަސާސީ އަލުން އިޞްލާޙުކުރެއްވުމަށް ނިންމެވިކަން އެމަނިކުފާނު އިޢުލާން ކުރެއްވީ 2004 ވަނަ އަހަރު ތެރޭގައި އެމަނިކުފާނު ފެށްޓެވި އިޞްލާޙީ އެޖެންޑާގެ ދަށުންނެވެ.

ޤާނޫނު އަސާސީ އިޞްލާހު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދެވި ގޮތަށް ބަލާއިރު އެންމެ ފުރަތަމަ ގެންދެވީ އަސާސީ އުޞޫލުތަކާއި ސިފަތަކަށް ބަހުސް ކުރެއްވުމެވެ. ބާބުތަކުގެ ޑްރާފްޓް އެކުލަވާލައްވަމުން ގެންދެވީ އަސާސީ ސިފަތަކާއި އުޞޫލުތަކަށް ރިޢާޔަތް ކުރައްވައިގެންނެވެ. ބާބުތައް ޑްރާފްޓް ކުރައްވަމުން ގެންދެވީ އެކަމަށް އެކުލަވާލެއްވި ޑްރާފްޓިން ކޮމެޓީންނެވެ. އަދި ޑްރާފްޓް އެކުލަވާލަމުން ގެންދެވީ ޚާއްޞަ ޑްރާފްޓިން ޕެނަލެއްގެ ފަންނީ އެހީތެރިކަމާ އެކުގައެވެ. މި ޑްރާފްޓިން ޕެނަލްގެ އިތުރުން ރާއްޖެއިން ބޭރުގެ ފަންނީ ދެމާހިރުންގެ ލަފާވެސް ވަނީ ޤާނޫނު އަސާސީގެ ބާބުތައް ޑްރާފްޓް ކުރުމުގައި ހޯއްދަވައިފައެވެ.

އާ ގާނޫނު އަސާސީއަށް 17 އަހަރު ވެގެން ދިޔަ އިރު ގާނޫނު އަސާސީއަށް ބޮޑެތި އިސްލާހުތައް ގެންނަވާ ގިނަ ބަދަލުތަކެއް ގެންނަވަން މިހާރުގެ ސަރުކާރުން މަސައްކަތް ކުރައްވާކަން ފާހަގަކުރެވެއެވެ.

ގާނޫނުއަސާސިއަށް އިތުރު އަހަރެއް ފުރިގެންދިޔައިރު އެ ގާނޫނުއަސާސީ ބަޔާންކުރާ ކަންކަން ތަންފީޒުވަމުންދޭތޯވެސް ބަލާލުމަކީ މުހިއްމު ކަމެއް، އެހެން ނޫންތޯއެވެ.

މިކަމަށް މުޅި ގައުމަށާ ވަށާ ޖެހޭ ނަޒަރަކުން ނަޒަރު ހިންގާލާއިރު ފެންނަނީ ބޮޑެ ކެކުރި ބޮޑުވެ ކުޑަ ކެކުރި ކުޑައިކޮށް އޮންނަ މަންޒަރެވެ. ޔައުނީ، ވެރިންނަށް މޮޅު ގޮތް ރައްޔިތުންނަށް ދެރަ ގޮތެވެ. މިކަމުގައި އަޅުގަޑާ ދެބަސްވާނެ މީހުން ތިބެނޭކަން އެނގި ހުރެ މިވާހަކަ ނިކަން ރަގަޅަށް ދައްކާލާނަމެވެ.

ދޮގު ހެދުމަކީ ވައްކަމުގެ ތަޅުދަނޑިއޭ ބުނާ އަޑު އަހަމުއެވެ. އެއާއެކު މިއަދުގެ ސަރުކާރުން ދޮގު ހަދަނީ އިބިލީހަށްވެސް ވާނޫނާ ވާ ވަރަށެވެ. އެއާއެކު ރައްޔިތުންގެ ފައިސާއިން ވެރިން ކުރާ ވައްކަންތައްވެސް ދަނީ ޝިފްޓު ޑިލީޓުވަމުންނެވެ.

އިސްލާމް ދީން ހިމާޔަތްކުރުމަށް އޮންައިރު ދީނާ ފުށުއަރާ، ސަމޯއާ އެގްރިމަންޓު ފަދަ އެގްރިމަންޓުތަކުގައި ސޮއިކޮށް ގެންދަނީ އެކަމާ ވެސް ޚިލާފުވަމުންނެވެ.

ގައުމުގެ އިސްތިގުލާލާ މިނިވަންކަން ދިފާއުކުރަން އޮންނައިރު ވެރިން ގެންދަނީ އެކަންކަން ގުރުބާންކޮށް ލައިން އޮފް ކްރެޑިޓުތަކަށް ވިއްކަމުންނެވެ.

ގާނޫނުއަސާސިއަށް 17 އަހަރު ފުރުނުއިރު ގައުމު މިސްރާބު އޮތީ އޮޅުން ސުވާއްޔެއްހެންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved