March 27, 2026
Advertisement
މެމްބަރު އައްބާސް
މެމްބަރު އައްބާސް / މަޖިލިސް

ސަރުކާރުގެ ސިޔާސީ މުވައްޒަފަކު އައްބާސްގެ ފުރާނައަށް ގެއްލުންދޭނެ ކަމަށް ބުނި ބުނުން ފުލުހަށް ހުށަހަޅަން ނިންމައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Aug 9, 2025, 08:16 PM
މާލެ ސިޓީ

ޕީއެންސީ ސަރުކާރުގެ ސިޔާސީ މުވައްޒަފަކު، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސްގެ ފުރާނައަށް ގެއްލުންދޭނެ ކަމަށް ބުނި ބުނުން ފުލުހަށް ހުށަހަޅަން ނިންމައިފިއެވެ.

Advertisement

އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އޭނާއަށް އިންޒާރު ދިން ސަރުކާރުގެ ސިޔާސީ މުވައްޒަފުގެ ފޮޓޯއާ އިންޒާރުދިން ޕޯސްޓުގެ ސްރީން ޝޮޓުވެސް ހިއްސާކުރައްވާފައެވެ.

ފިޝަރީޒް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި އަސްއަދު ސައީދު ވަނީ ދަލު ބޭރުން ޖެހިގަނެގެން ނުބެހޭހާ ކަމަކާ ބެހިގަނެގެން ތިޔަހެން އުޅެނިކޮށް އަމިއްލަފުޅަށް އަރުވާލެވިގެން ނިޒާމުގެ ތެރެއިން ގެއްލިވަޑައިގެން ފިލާ އޮންނަވަން ޖެހިވަޑައިނުގަންނަވަނީސް އަމިއްލަފުޅަށް ތިމާގެ އަސްލު ސައިޒަށް ތިރިވެލާށެ ވިދާޅުވެ އައްބާސްއަށް އިންޒާރުދެއްވާފައެވެ.

އައްބާސް ވިދާޅުވެފައިވަނީ، ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރެ ފުރާނައަށް ނުވަތަ ނަފުސަށް ގެއްލުމެއް ދޭނެ ކަމަށް ބުނުމަކީ ބިރުވެރި އިންޒާރަކަށް ވުމުން މި މައްސަލަ ފުލުހުންނަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

އައްބާސްއާ ދެކޮޅަށް މުޅި ޕިއެންސީ ނުކުމެގެން އުޅެނީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕީއެންސީގެ ގިނަ އެމްޕީއިން ތަކެއް ޕާޓީ ދޫކޮށް ގައުމާ ރައްޔިތުންގެ ފަޅިއަށް އަރާނެ ކަމަށް އައްބާސް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved