theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސީ.އެން.އެން
ދުނިޔެ
ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލަން ޖަރުމަނުވިލާތުން ނިންމައިފި
Sudha Latheef
ސުދާ ލަތީފް
10 އޯގަސްޓު 2025
މާލެ ސިޓީ

ފަލަސްތީނުގެ ޣައްޒާއަށް ވެރިވެގަނެ، ޔަހޫދީން ހިންގަމުންދާ ޢުދުވާން ފުޅާކޮށް، އެ ސަހަރު ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށަށް ގެނައުމަށް މަސައްކަތް ކުރުމަށް ނިންމާ އެ ކަން އިޢުލާނުކުރުމާ ގުޅިގެން، އެ މަސައްކަތުގައި ޔަހޫދީން ޣައްޒާގައި ބޭނުންކޮށްފާނެ އަސްކަރީ ހަތިޔާރު ފޯރުކޮށްދިނުން ހުއްޓައިލުމަށް ޖަރުމަނުވިލާތުން ނިންމައިފިއެވެ.

ޖަރުމަންވިލާތަކީ އެމެރިކާއަށް ފަހު ޔަހޫދީންނަށް އެންމެ ގިނަ ޢަދަދަކަށް ހަތިޔާރު ފޯރުކޮށްދޭ ޤައުމެވެ. އައި އެއީ ޔަހޫދީންނަށް އެންމެ ބޮޑަށް މަދަދުވެރިވާ އެއް ޤައުމު ވެސް މެއެވެ.

ޖަރުމަނުވިލާތުގެ ޗާންސެލަރު ފްރީޑްެރިޗް މަރޒްގެ ކުއްލި މި ނިންމުމަކީ ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކާއި، އެ ސަހަރަށް ކުރިމަތިކުރުވާފައިވާ ބަނޑުހައިހޫނުކަމުގެ ޙާލަތުގެ ސަބަބުން ޔަހޫދީންނާ ދެކޮޅަށް ބަސް ބުނުމަށް ޖަރުމަނުވިލާތުގެ ރައްޔިތުންގެ އިތުރުން އިއްތިޙާދީ ސަރުކާރުގެ ބައިވެރިންގެ ފަރާތުން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވުމުގެ ނަތީޖާއެއް ކަމަށް ބެލެވެއެވެ.



ޗާންސެލަރު ނެރުއްވި ބަޔާނެއްގައި ވަނީ ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށަށް ޣައްޒާ ގެންދިޔުމަށް ޔަހޫދީން ނިންމާފައިވާ ނިންމުމުގެ ސަބަބުން، ޔަހޫދީން ޣައްޒާގައި ޢުދުވާން ހިންގަމުންދާ މަޤްސަދު ކަމަށް އެ ބައިމީހުން ބުނަމުންދާ ކަންކަން ޙާޞިލް ކުރަން އުނދަގޫވާނެ ކަމަށް ފާހަގަކުރައްވައިފައެވެ.

ޖަރުމަނުވިލާތުގެ ޤާނޫނު ހަދާ މަޖިލީހުން މިދިޔަ ޖޫން މަހުގެ ތެރޭގައި ބުނީ 7 އޮކްޓޯބަރު 2023 އާއި 13 މެއި 2025އާ ދެމެދު 564 މިލިޔަން އެމެރިކާ ޑޮލަރުގެ އަސްކަރީ ސާމާނު ޔަހޫދީންނަށް ފޯރުކޮށްދިނުމަށް އެ ޤައުމުން އެކްސްޕޯޓު ލައިސެންސު ދޫކޮށްފައިވާ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved