March 22, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފްގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ޕީއެންއެފްގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

ރާއްޖެ އަދި މާލެ ތެރޭގައިވެސް މި ސަރުކާރައް ތާއީދެއް ނެތް: ރައީސް ޔާމީން

Sudha Latheef
ސުދާ ލަތީފް
Aug 10, 2025, 10:16 PM
މާލެ ސިޓީ

ރާއްޖެ އަދި މާލެ ތެރޭގައިވެސް ރައީސް މުހައްމަދު މުއިއްޒުގެ މި ސަރުކާރަށް އެއްވެސް ތާއީދެއް ނެތް ކަމަށް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އިންތިހާބެއް "ވިން" ކުރެވޭނީ އެ އިންތިހާބެއް ގަނެގެން ކަމަށެވެ. ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި މިވަނީ ލޯކަލް ކައުންސިލް އިންތިހާބުވެސް ދާދި ގާތްވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީގެ ވެރިކަން ގޯސްވެގެން ރައްޔިތުން ބަދަލެއް ގެނެސްދީފައިވާއިރު، ސަރުކާރު ފެށުނުތާ މާގިނަ ދުވަހެއް ނުވަނީސް މި ސަރުކާރު ވަނީ "ރޮކް ބޮޓަމް"އަށް ވެއްޓިފައި ކަމަށެވެ. އޭގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބަކާ ވާދަކޮށްލަން ވެސް ނުކެރިގެން މި ސަރުކާރުން އުޅޭ ކަމަށް ރައީސް ޔާމީން ވަނީ ފާހަގަކޮށްފައެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ޤައުމަށް ވަފާތެރި މީހުންނަކީ ޤައުމަށް ވަނީ ކިިހިނެތްތޯ ބަލާ މީހުުން ކަމަށެވެ. ރައްޔިތުންގެ އަނގަޔާއި އަތާއި ދިމާވާތޯ ބަލާ މީހުންނަކީ ޤައުމަށް ވަފާތެރިވާ މީހުން ކަމުގައި ރައިސް ޔާމީން ފާހަގަކުރެއްވިއެވެ.

މި ސަރުކާރު އައި ފަހުން ކުރަމުން އަންނަނީ ބޮޑެތި ވައްކަން ކަމަށް ރައިސް ޔަމީން ވިދާޅުވިއެވެ. ނަމަވެސް މި މައްސަލަތައް ބެލޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. ރައީސް ޔާމީން ވިދާޅުވީ މުއައްސަސާތަކުގެ މައްސަލަ ވެސް މިހާރު އެބައޮތް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved