March 17, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ތުޅާދޫ އެއަރޕޯޓްގެ ބިން ހިއްކުން ފެށުމަށް މުއިއްޒޫ ތުޅާދޫއަށް ވަޑައިގަންނަވާއިރު ކައުންސިލް ވާނުވާގައި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 10, 2025, 11:16 PM
މާލެ ސިޓީ

ތުޅާދޫ އެއަރޕޯޓްގެ ބިން ހިއްކުން ފެށުމަށް މުއިއްޒު ތުޅާދޫއަށް ވަޑައިގަންނަވާއިރު ކައުންސިލްއަށް އެކަމުގެ އެއްވެސް މައުލޫމާތު ލިބިފައިނުވާ ކަމަށް ތުޅާދޫ ކައުންސިލުން ހާމަކޮށްފިއެވެ.

Advertisement

އޮގަސްޓް 12 ވަނަ ދުވަހު ރައީސް މުއިއްޒު ތުޅާދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި މި ދަތުރުގައި ތުޅާދޫ ޕޮލިސް އިމާރާތުގެ ބިންގާ އެޅުއްވުމާއި އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަޝްރޫއު ފެއްޓުވުމުގެ މަސައްކަތްތައް ޝެޑިއުލް ކުރެވިފައިވާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

ނަމަވެސް، މި މަޝްރޫއުތަކާއި ގުޅިގެން ރައްޔިތުން ކައުންސިލާއި ކުރަމުންދާ ސުވާލުތަކަށް ދޭނެ އެކަށީގެންވާ ޖަވާބުތަކެއް ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން ކައުންސިލަށް ފޯރުކޮށްދީފައިނުވާކަންވެސް ކައުންސިލުން ބުނެފައިވެއެވެ.

ރައްޔިތުން ކުރިމަތިކުރަމުންދާ ސުވާލުތަކުގެ ތެރޭގައި ތުޅާދޫގައި އެއާޕޯޓް އެޅުމަށް ބިން ހިއްކާ ސަރަހައްދަކީ ކޮބައިކަމާ އަދި ބިން ހިއްކުމަށް ބޭނުންވާ ބެލި ނަގާ ހިސާބަކީ ކޮބާކަމެވެ.

މިފަދަ މުހިއްމު މައުލޫމާތުތައް ކައުންސިލަށް އެގިފައިނުވާ ކަމަށާއި ތުޅާދޫ ފަޅު ތެރެއިން ވެލި ނަގައިގެން ބިން ހިއްކުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބުނެ ކަމާއި ބެހޭ ފަރާތްތަކަށް ސިޓީ ހުށަހަޅާފައިވާނެ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

މީގެ އިތުރުން، މިފަދަ ބޮޑެތި ޕްރޮޖެކްޓްތައް ފައްޓަވާއިރު އެ ރަށެއްގެ ކައުންސިލަށް އެފަދަ ޕޮރޮޖެކްޓް އަކާއި ބެހޭ މައުލޫމާތުތައް އިގުން މުހިއްމު ކަމަށް ކައުންސިލްގެ ފަރާތުން ބުނެފައިވެއެވެ.

މިއާއި އެކު، އެއްވެސް މައުލޫމާތެއް ފޯރުކޮށްނުދީ މިފަދަ ކަންކަން ހިންގުމުން މުއިއްޒުއަށް ބޮޑެތި ފާޑުކިޔުން އަމާޒުވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved