March 23, 2026
Advertisement
ރައީސް ޔާމީން ވިދާޅުވީ މިއީ އުފެދުމުގައި ވެސް ބާތިލު ވެރިކަމެއް ކަމަށް
ރައީސް ޔާމީން ވިދާޅުވީ މިއީ އުފެދުމުގައި ވެސް ބާތިލު ވެރިކަމެއް ކަމަށް / ތޭރަ އޮންލައިން

ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ރައީސް މުއިއްޒަށް ތުހުމަތު ކުރަންޖެހެނީ މައްސަލަތައް ނުބަލާތީ :ރައީސް ޔާމީން

Sudha Latheef
ސުދާ ލަތީފް
Aug 11, 2025, 04:50 AM

ދިވެހިރާއްޖޭގެ މިހާރުގެ ރައީސް، ޑރ މުހައްމަދު މުއިއްޒުއަށް ވައްކަމާއި ކޮރަޕްޝަނުގެ މައްސަލަތަކުގައި ތުހުމަތުކުރަންޖެހެނީ އެއްވެސް މައްސަލައެއް ނުބަަލާތީ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ފަޒުލްގެ ގަވާއިދާ ހިލާފަށް ދީފަހުރި ގޯތިތަކާ އިތުރަށް ނަގާފަ ހުރި ލާރިތަކުގެ މައްސަލަވެސް ފުލުހުން ބަލަންޖެހޭ ވަރަކަށް ނުބަލާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ ލޮލުގަ އަދުން އެޅުވުމައްޓަކައި، ކަމެއް ކުރުމުގެ ނަމުގައި ކޮށްލި ކަމެއް ގޮތުގަ މައްސަލަ ބެލި ކަމަށެވެ. މިކަންތައްތައް މިހެން ހިގަން ދިމާވުމުގެ މައިގަނޑު ސަބަބަކީ ސަރުކާރު ހިންގަން ހުރި ވެރިޔަކު މިކަންތައް މީހުން ލައްވާ ކުރުމުގެ ފުރުސަތު ދިނުން ކަމުގައެވެ.

ރައްޔިތުންގެ ލޮލުގަ އަނދުން އެޅުވުމަށްޓަކައި، ކަމެއް ކުރުމުގެ ނަމުގަ، އަމާ ބުނީތީ ފަރަށްދާ އުސޫލުން ކުރާ ކަމެއް ގޮތަށް ކުރީ. މިހިރަ ބޮޑެތި ވައްކަންތައް، މިހިރަ ބޮޑެތި ކޮރަޕްޝަންގެ ކަންތައްތައް މި ހިންގަނީ. އެހެންމަ މިކަން މި ހިނގަނީ ސަރުކާރުގެ ވެރިޔަކަށް ހުރި މީހަކު މިކަންކަން މި މިހުން ލައްވާ ކުރުމުގަ އިންތިހާއަށް ދީލަތިވީމަ.

ރައީސް ޔާމީން ވިދާޅުވި

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށްވެސް ރަހުނުގެ އެއްޗެއް ބެހެއްޓުމަކާ ނުލައި ރައީސް މުއިއްޒުގެ އަމިައްލަފުޅު ޖީބުން ބޮޑެތި އަދަދުގެ ލޯނު ދެއްވަން ނިންމަވާފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ފައިސާ ހޯދަނީ ކޮރަޕްޝަނުން ކަަން އެންމެހާ ރައްޔިތުންނަށްވެސް އެނގޭ ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved