April 17, 2026
Advertisement
’މަޢުރިފާ’ގެ ނަމުގައި މި މަހު އިސްލާމީ ފޮތް މަޢުރަޒެއް ބާއްވަނީ
’މަޢުރިފާ’ގެ ނަމުގައި މި މަހު އިސްލާމީ ފޮތް މަޢުރަޒެއް ބާއްވަނީ / އިސްލާމިކް މިނިސްޓްރީ

’މަޢުރިފާ’ގެ ނަމުގައި މި މަހު އިސްލާމީ ފޮތް މަޢުރަޒެއް ބާއްވަނީ

Sudha Latheef
ސުދާ ލަތީފް
Aug 12, 2025, 12:37 AM
މާލެ ސިޓީ

މި މަހުގެ ފަހުކޮޅު "މަޢުރިފާ" ގެ ނަމުގައި އިސްލާމި ފޮތް މަޢުރަޒެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

Advertisement

'ފޮތްތެރިކަން – ބުއްދީގެ ކާނާ' މި މަޢުޟޫއުއަށް ބާއްވާ މި މަޢުރަޒު ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ފޮތް ކިޔުމުގެ ސަގާފަތް ތަރައްގީކޮށްް، ފޮތް އުފައްދާ ފަރާތްތަކާއި ފޮތްވިއްކާ ފަރާތްތަކަށް އެ ފަރާތްތަކުގެ ފޮތްތައް ވިއްކުމުގެ ފުރުސަތު ހޯދައިދިނުމާއި ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް އަގުހެޔޮކޮށް ފޮތް ގަތުމުގެ ފުރުސަތު ހޯދައިދިނުމެވެ.

މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

މި މަޢުރަޒުން ޖުމުލަ 15 ފަރާތަކަށް ޖާގަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ބައިވެރިވާން އެދި އެންމެ ފުރަތަމަ ކުރިމަތިލާ 15 ފަރާތަށެވެ.

މިފަދަ މަޢުރަޒުތަކުގެ ސަބަބުން ދީނީ ފޮތްތަކަށް އޮންނަ ލޯބި އިތުރުވެ، އިސްލާމީ މުޖުތަމައެއް ބުނާކުރުމަށް މަގުފަހިވާނެކަމަށް ލަފާކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved