March 20, 2026
Advertisement
ރައީސް ޔާމީން، ފްރޮންޓް އޮފީސް ޖަލްސާގައި
ރައީސް ޔާމީން، ފްރޮންޓް އޮފީސް ޖަލްސާގައި / ޝަފްރާޒް | ތޭރަ އިމޭޖްސް

އިންޑިއާ ބޭސް ނޫން ބޭހެއް ނުގެނެވޭނެތީ ރައީސް ޔާމީންގެ ކަންބޮޑުވުން ފާޅުކުރައްވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Feb 26, 2024, 03:02 AM
މާލެ ސިޓީ

ސިއްހީ ނިޒާމުގެ ތެރެއިން ވަކި ގައުމަކަށް ބަރޯސާވެ ވަކި ގައުމަކުން އެކަނި ބޭސް ގެންނަން ނިންމާފައި އޮތުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ދަ ފްރޮންޓު އޮފީހުގައި އާދިއްތަ ދުވަހުގެ ރޭ ބެއްވި ޖަލްސާގައި ކެންޑިޑޭޓުން އެ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރައްވަމުން ގެންދެވިއިރު މަރަދޫ ދާއިރާގެ ކެންޑިޑޭޓަށް އަމާޒުކުރައްވާ ކުރެއްވި ސުވާލެއްގެ ތެރެއިން ރައީސް ޔާމީން ވަނީ ރާއްޖޭގެ ސިއްހީ ހާލަތު މިހާރު އޮތް ގޮތާ މެދު ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން ސިއްހީ ނިޒާމުގެ ތެރެއިން ވަކި ގައުމަކުން ބޭސް ނުގެނެވޭނެ އުސޫލެއް ނިމިދިޔަ ސަރުކާރުން އެކުލަވާލާފައި އޮތް އިރު އެއީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާގެ ހޮސްޕިޓަލުތަކަށް އާސަންދައިގެ ތެރެއިން ދިވެހި ދައުލަތުން ކުރާ ޚަރަދުތަކާ މެދުވެސް އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އިންޑިއާގެ ހޮސްޕިޓަލުތައް ހިންގަން ފައިސާ ހަރަދު ކުރަމުން މިދަނީ ދިވެހި ދައުލަތުން. މީގެ އިތުރުން އިންޑިއާ އިން ނޫނީ ބޭސް ނުގެނެވޭ. އެ ހެޔޮ އެ ބޭހުން ރައްޔިތުންނަށް ރާހަތެއް ނުކުރި ނަމަވެސް. ކޯވިޑަށް ފަހު އަޅުަގޑުމެންގެ ދިފާއީ ނިޒާމު މި ފެންނަނީ ނިކަން ބަލިކަށިކޮށް. ތުއްތު ދަރިންވެސް އަބަދުވެސް ކޮންމެވެސް ފްލޫއަކުން އަރައިނުގަނެވިގެން އުޅެން މިޖެހެނީ. އެކަމަުވެސް އިންޑިއާ ނޫން ޗޮއިސެއް ނެތް ބޭސް ގެންނަން. މިއީ މިކަން އޮންނަން ޖެހޭނެ އުސޫލެއް ނޫން. ބޭސް ވާން ޖެހޭނީ ކޮންމެ ތަނަކުންވެސް ގެނެވޭނެ ބަލިތަކަށް އަވަސް ޝީފާއެއް ލިބޭނެ އެއްޗަކަށް.

ރައީސް ޔާމީން

ރައީސް ޔާމީން ވަނީ ދިވެހިންގެ ސިއްހީ ނިޒާމަށް ގިނަ މަޝްރޫއުތަކެއް ގެނެސްދޭނެކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު ވަކި ވަކި ކަންކަމަށް ވަކި ވަކި ހޮސްޕިޓަލުތައް އަޅުއްވަން ވެވަޑައިގަންނަވަމުން ގެންދަވާ ވައުދުތަކަކީ އެއީ އެންމެ ބުއްދިވެރި ވާހަކަތަކެއް އަދި މަޝްރޫއުތަކެއް ނޫންކަމަށް ދޭހަވާ ފަދަ މޭރުމަކުންވެސް ވާހަކަފުޅު ދައްކާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved