March 27, 2026
Advertisement
އައްބާސް
އައްބާސް / ސޯޝަލް މީޑިއާ

ރައީސުލުލްޖުމްހޫރިއްޔާގެ އަތް މައްޗަށް ގައުމުގެ ހުރިހާ ބާރެއް ގެންދެވިގެން ނުވާނެ: އައްބާސް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 12, 2025, 07:14 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާގެ އަތް މައްޗަށް ގައުމުގެ ހުރިހާ ބާރެއް ގެންދެވިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނ.ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

Advertisement

ރައްޔިތންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުނ އައްބާސް ވިދާޅުވީ ރައީސް މުއިއްޒުއަކީ މިހާ ނާގާބިލު މީހެއް ކަމަށް ހީފުޅުވެސް ނުކުރައްވާ ކަމަށެވެ.

އަޅުގަނޑު ހިއެއް ނުކުރަން އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަކީ އެވަރުގެ ނާގާބިލު ބޭފުޅެއް ކަމަކަށް.

އައްބާސް ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީ ކެންޑިޑޭޓުންނަށް ދިވެހިން ވޯޓު ދީފިނަމަ އެއީ ދިވެހިން އަމިއްލައަށް ދިވެހިންގެ "ސަންދޯކު" ޖެހީ ކަމުގައި އައްބާސް ފާހަގަކުރެއްވިއެވެ.

ގައުމުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާގެ އަތް މައްޗަކަށް ނުގެންދެވޭނެ ކަމަށާއި އެއީ އެކަން އޮންނަން ވާނެ ގޮތް ނޫން ކަމަށް އައްބާސް ވިދާޅުވިއެވެ.

ޕީއެންސީގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮތަސް ރައީސް ބޭނުންވާ ހުރިހާ ބިލެއް މަޖިލީހުން ފާސްކޮށްދެއްވައިގެންވެސް ނުވާނެ ކަމަށް އައްބާސް ފާހަގަކުރެއްވިއެވެ.

މިއީ ގައުމަށް ވެވޭ ބޮޑު ޚިޔާނާތެއް ކަމަށާއި ދައުލަތަށް ވެވޭ ބޭއިންސާފެއް ކަމަށް އައްބާސް ފާހަގަކުރައްވާފައިވެއެވެ.

އައްބާސް އަންނަނީ މުއިއްޒުއަށާއި ޕީއެންސީ މެންބަރުންނަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރައްވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved