theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ކޮރަޕްޝަން ހިންގަން ޓެންޓުތައް ނަގައިފި / ތޭރަގްރެފިކްސް
ހަބަރު
ޓެންޓުތަކުގެ ބިޑު ހުޅުވާލުމާ އެކު ބިޑަށް ތައްޔާރުވެ ޝުޖާއުގެ ކުންފުނިން ޓެންޓުތައް ރޫޅާލައިފި
12 އޯގަސްޓު 2025
މާލެ ސިޓީ

އިކޮނޮމިކް މިނިސްޓްރީން އިންޒިޒާމުކޮށްގެން މިދިޔަ މެއި މަހުގެ ފަހުކޮޅު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި މޯލްޑިވްސް އެކްސްޕޯ 2025 އަށް އޮފިޝަލް އިވެންޓުން ގެނައި ޓެންޓުތައް ދެ މަސް ދުވަސް ފަހުން ރޫޅާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބާރަށް ދާއިރާގެ މެމްބަރު އިބްރާހިމު ޝުޖާއުގެ 50 ޕަސެންޓު ހިއްސާ އޮންނަ އެ ކުންފުނިން މި ޓެންޓުތައް ރޫޅާލާފައިވަނީ، ޓެންޓުތައް ބަހައްޓާނެ ތަނެއް ނެތް ކަމަށް ބުނެ އެޗްޑީސީއިން އެންގި އެންގުމާ ޚިލާފަށް އެ ތަނުގައި ދެ މަސް ދުވަސް ވަންދެން އެ ތަކެތި ރޫޅާ ނުލާ ބެހެއްޓުމަށް ފަހުއެވެ.

ޓެންޓުތައް ރޫޅާލީ އެޗްޑީސީއާ ގުޅިގެން އެ ޓެންޓުތައް ވިއްކާލުމުގެ މަގު ފަހިކުރުމަށް ފަހު ކަމަށް ވެސް މައުލުމާތު ލިބިފައިވެއެވެ. އެގޮތުން ގަދަވަޔާ ވިއްސާރައިގެ ދުވަސްވަރުވސް ޓެންޓޫތައް ސެންޓްރަލް ޕާކުގައި ބަހައްޓައިގެން ޝުޖާއު ވަނީ ސަރުކާރުން އެ ޓެންޓުތައް ގަންނަން ޖެހޭ މިންވަރަށް ނުފޫޒު ފޯރުވާފައެވެ.

އެގޮތުން ޝުޖާއުގެ ކުންފުނީގެ ޓެންޓުތައް ގަތުމަށް މަގު ފަހިކުރުމަށް އެޗްޑީސީއިން ވަނީ މިހާރު ޓެންޓުތަކެއް ގަތުމަށް ބިޑު ހުޅުވާލާފައެވެ. އޭގެ ސަބަބުން ޝުޖާއުގެ ކުންފުންޏަށް ބިޑަށް ކުރިމަތިލާ މި ޓެންޓުތައް ވިއްކާލައިގެން އަނެއްކާވެސް ދައުލތުގެ ތެރެއިން ފައިސާތަކެއް އޭނާގެ ކުންފުންޏަށް ވެއްދުމަށް ފުރުސަތު ލިބިގެން ދާނެއެވެ.

އެހެންކަމުން ދެ މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ސެންޓްރަލް ޕާކުގައި އިތުރު ކުއްޔަކާ އަދި ބަދަލު ދިނުމަކާ ވެސް ނުލައި ޓެންޓުތައް ބެހެއްޓުމަށް ފަހު ޝުޖާއުގެ ކުންފުނިން އެ ޓެންޓުތައް މިހާރު ރޫޅާލާފައިވަނި ބިޑަށް ކުރިމަތިލައި އެ ބިޑު ކާމިޔާބުކޮށް އެޗްޑީސީއާ ތަކެތި ހަވާލުކުރުމަށް އެޗްޑީސީގެ އޮފިޝަލަކު ވަނީ މި ނޫހަށް ކަށަވަރުކޮށްދީފައެވެ.

އޮފިޝަލް އިވެންޓުސްއަކީ، ދާދި ފަހުން ލީކުވީ އެމްއެމްއޭގެ އެފްއައިޔޫ ރިޕޯޓުގައި، ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނެފައިވާ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ހިއްސާވާ ކުންފުނިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved