April 10, 2026
Advertisement
-
- / އަލްޖަޒީރާ

ސަހްޔޫނީ ސިފައިން ފަލަސްތީނުގެ އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 13, 2025, 05:47 PM
މާލެ ސިޓީ

ސަހްޔޫނީ ސިފައިން ފަލަސްތީނުގެ އުމުރުން ދުވަސްވީ މީހަކަށް ހަމަލާދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެއެވެ.

Advertisement

މި ހަމަލާ ދީފައިވަނީ ގަދަ ބާރުން ފަލަސްތީނަށް ނިސްބަތްވާ މީހާގެ ބިމާއި ގެދޮރު އަތުލަން ސަހްޔޫނީން މަސައްކަތް ކުރުމުގެ ތެރޭގައެވެ.

ދިގު ޒަމާންތަކެއް ވަންދެން މިލްކުވެރިކަން އޮތް މި ބިމުގެ ރަސްމީ ލިޔެކިޔުންތައް ސަހްޔޫނީ ސިފައިންނަށް ދައްކާ މަންޒަރު މި ވީޑިއޯއިން ފެނިގެންދެއެވެ.

ނަމަވެސް، މި ލިޔެކިޔުންތަކަށް ސަމާލުކަމެއް ނުދީ ސަހްޔޫނީ ސިފައިން ބަޑިން ހަމަލާދީ އެތަކެއް އަނިޔާކޮށްފައެވެ.

-
-

ސަހްޔޫނީންނަކީ ގަދަ ބާރުން ފަލަސްތީނަށް ވެރިވެގެން ފަލަސްތީނުގައި އެމީހުންގެ ވެރިކަމެއް ގާއިމު ކުރުމަށް މަސައްކަތްކުރަމުން އަންނަ ބަޔެކެވެ.

މިގޮތުން މުޅި ޣައްޒާ ހިފުމަށް ސަހްޔޫނީ ބޮޑު ވަޒީރު ނަތަންޔާހޫ ވަނީ މި ފަހުން އިއުލާން ކޮށްފައެވެ.

2023 ވަނަ އަހަރުން ފެށިގެން މެދު ކެނޑުމެއްނެތި ސަހްޔޫނީނުން ފަލަސްތީނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ނުހައްގުން ފަލަސްތީނުގެ އެތަކެއް ހާސް ރައްޔިތުން ގެދޮރުން ބޭރުކޮށް އެތަން ތަން ނަގަމުން އަންނަކަން ރިޕޯޓްތަކުން ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved