theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޕީއެންއެފްގެ އެސްޖީ މަލީހު / ތޭރަ އޮންލައިން
ސިޔާސީ
މުއިއްޒު ހުރީ ބާރަށު މައިކުގެ ދަށުވެފައި: މަލީހު
Mariyam Isaadha
މަރިޔަމް އިސާދާ
13 އޯގަސްޓު 2025
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ހުންނެވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމު ޝުޖާއުގެ ދަށުވެފައި ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހު ވިދާޅުވީ، ރައްޔިތުންނަށް އެއްޗެއް ލިބޭވަރުވާނީ، ބާރަށު މައިކު ކައިފާ ބާކީ އެއްޗެއް ދައުލަތުގެ ޚަޒާނާގައި ހުރިކަމުގައި ވަނީ ނަމަ ކަމަށެވެ.

މީގެ އިތުރުން މަލީހު ވަނީ ޝުޖާއު ހިންގަމުންދާ ބޮޑެތި ވައްކަމާ ކޮރަޕްޝަންގެ ޖަރީމާތަކުގައި، ރައީސް މުއިއްޒުވެސް ތާށިވެފައި ހުންނެވި ކަމަށް ވިދާޅުވެ އެމަނިކުފާނަށް ޝުޖާއު ބުނާ ގޮތް ހެދުން ނޫން ގޮތެއް މިއަދު ނެތް ކަމަށް ދޭހަވާ ފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. މަލީހު ވިދާޅުވީ ރައީސް މުއިއްޒު ޝުޖާއުއާ ބައިވެރިވެގެން ހިންގާފައި ހުރި ޖަރީމާތަކުގެ ވާހަކަ އަދި ޝުޖާއުގެ މައިކުން ގޮވާނެ ކަމަށެވެ.

މަލީހު މިހެން ވިދާޅުވެފައިވަނީ، ޝުޖާއުގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންއާ ކޮރަޕްޝަންގެ މައްސަލަތައް ނަމެއްގައި ތަހުގީގުކުރަމުން މި ސަރުކާރުން ގެންދާކަމަށް ބުނެ ރައްޔިތުން ނުރުހުން ފާޅުކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved