
ރާއްޖޭގެ ބާޒާރުގައި ތަކެތީގައި އަގު އިންތިހާއަށް އުފުލެމުންދާކަމުގެ ޝަކުވާ އިތުރުވެއްޖެއެވެ.
ތޭރަ އޮންލައިނަށް މައުލޫމާތު ދެމުން އާންމު ރައްޔިތަކު ބުނީ ރަތް އާފަލެއްވެސް މިހާރު ލިބެނީ 14 ރުފިޔާއަށް ކަމަށެވެ. އަދި މީގެ ކުރިން 13 ރުފިޔާއަށް ގަންނަމުން އައި ޑަބަލް ޕީޗު ގެރިކިރު ދަޅެއްގެ އަގުވެސް މިހާރު 20 ރުފިޔާއަށް އަރާފައިވާކަމަށް ވެސް އެމީހާ ކިޔައިދީފައިވެއެވެ.
މިކަމާ ގުޅިގެން މި ނޫހަށް މައުލޫމާތު ދިން ވިޔަފާރިވެރިއަކު ބުނީ، ތަކެތީގެ އަގު ކުރިއަށް އޮތްތަނުގައި ދާނީ އުފުލެމުން ކަމަށާ މައިގަނޑު ސަބަބަކީ ހިފަހައްޓާނެ ކަމަށް ވައުދުވި ޑޮލަރުގެ އަގު ތިރި ނުވެ މަތީގައި ހުރުމެވެ.
އެގޮތުން މިހާރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު އުޅެނީ 20 ރުފިޔާއާ 1 ރުފިޔާއާ ދެމެދުގައިކަން ފާހަގަކޮށް ވިޔަފާރިވެރިޔާ ބުނީ ރާއްޖެއަކީ ގިނަ ބާވަތްތައް އިމްޕޯޓުކޮށްގެން ބޭނުންކުރާ ގައުމަކަށްވެފައި ތަކެތި އިމްޕޯޓުކުރަން ބޭރު ފައިސާ ޚަރަދުކުރަން ޖެހުމުން އެ ބޭރު ފައިސާ ގަންނަން އިންތިހާއަށް ހޭދަކުރަން ޖެހުމަކީ ވިޔަފާރިވެރިންނަށް ހަމަ އަގު ހޯދަން ތަކެތި އަގު ބޮޑުކޮށް ވިއްކަން މަޖުބޫރުވާނެ ސަބަބެއް ކަމަށެވެ. އެއާއެކު އާންމު ރައްޔިތުންގެ ނުުރހުން އަމާޒުވާނީ ވިޔަފާރިވެރިންނަށް ކަމުގައި ވީނަމަވެސް އެކަމުގައި ހަގީގީ ޒިންމާ ނަގަން ޖެހޭނީ ޑޮލަރުގެ ކަޅު ބާޒާރު ނައްތާނުލެވުމުން، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަމަށްވެސް އެ ވިޔަފާރިވެރިޔާ ވަނީ ބުނެފައެވެ.
ބާޒާރުގައި ތަކެތީގެ އަގު ހުރި މިންވަރަށް ބަލާއިރު:
ނަމަވެސް ސަރުކާރުގެ ބޮޓުން ގެންދަނީ މި ވާހަކަތައް ދޮގު ރައްޔިތުން ޅޮސް އުނދޯއްޔަށް އަރުވަން މަސައްކަތްކުރަމުންނެވެ.
ރާއްޖޭގައި ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާތީ އާންމު ދިރިއުޅުމަށް ބުރުއަރާ ހިސާބަށް ކަންކަން ވަނީ ގޮސްފައިކަމަށް ގިނަ ރައްޔިތުން ބުނަމުން ދެއެވެ.










