April 16, 2026
Advertisement
ޑރ ޖަމީލު
ޑރ ޖަމީލު / ތޭރަ އޮންލައިން

ރައީސް ޔާމީންގެ ޝަރީއަތަށް މުއިއްޒު އަބަދުވެސް ނުފޫޒުފޯރުވާކަމަށް މުއުތަބަރުކޮށް ތުހުމަތު ކުރެވޭ: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Aug 14, 2025, 10:54 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ރައީސް ޑރ މުހައްމަދު މުއިއްޒު އަބަދުވެސް ނުފޫޒުފޯރުވާކަމަށް މުއުތަބަރުކޮށް ތުހުމަތު ކުރެވޭ ކަމަށް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިވެރިކަމަކީ ބޮޑަތި ވަޢުދުތަކާއެކު އަދި ރައީސް ޔާމީން މިނިވަން ކުރަން ރައްޔިތުން ކައިރީ ވައުދުވެ ވޯޓް ހޯދައިގެން އައި ވެރިކަމެއް ކަން ހަނދާނަށް ގެންނަވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ، ރައީސް ޔާމީނު ފިޔަވައި އެހެން އެންމެން މިނިވަންކޮށްފިކަމަށެވެ.

އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލުގެ ހައިސިއްޔަތުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ ޑރ ޖަމީލު އިތުރަށް ވިދާޅުވި، މިއަދު ސަރުކާރުގެ ސިޔާސީ ވަޒީފާގައި ތިބި އެންމެން އެތިބީ ރައީސް މުއިއްޒު އެވަޒީފާ ދެއްވީވުމުން ކަމަށާ މިއަދު ބޮސްއަކީ ރައީސް މުއިއްޒުކަމަށެވެ.

އެގޮތުން އަމިއްލަ އިޚްތިޔާރެއް ސިޔާސީ ވަޒީފާއެއްގައި ތިބި އެކަކުގެ ވެސް ނޯންނާނެކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ މިއަދު ސަރުކާރު ތެރޭގައި ތިބޭނީ ރައީސް މުއިއްޒު ވިދާޅުވާ ގޮތަށް ކަންތައް ކުރާ މީހުން ކަމަށާ އެއީ ޙަގީގަތެއްކަމަށެވެ.

އެކަންކަން ސަބަބުވެރި ވިސްނުމެއްގެ ވެރިޔަކަށް ރައީސް ޔާމީނާ މެދު ައީސް މުއިއްޒު ކަންކުރާ ގޮތް ވަރަށް ރަނގަޅަށް ފެންނަމުންދާ ކަމަށް ވިދާޅުވެ ޕޯސްޓު ނިންމަވާލައްވަމުން ޑރ ޖަމީލު ވިދާޅުވެފައިވަނީ ކުރިންވެސް އަދި މިއަދުވެސް އެޝަރީއަތަށް ރައީސް މުއިއްޒު ނުފޫޒު ފޯރުވާކަމަށް މުޢްތަބަރުކޮށް ތުހުމަތު ކުރެވޭ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved