

ސަރުކާރުގެ ވެރިންގެ މެދުގައި ވައްކަމާ ކޮރަޕްޝަން މެކުހަށް ޖަހާ އެކަން މިހާރު ގައުމީ ވަބާއަކަށް ވެފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުން ކޮންމެ ކަމެއް ކުރިނަމަވެސް އެކަމެއްގެ ފަހަތުގައި އޮންނަނީ ވައްކަން ކަމަށާ އެ ޖަރީމާތައް ހިންގާ މީހުންގެ މައްސަލަ ނުވެސް ބެލޭނެ ކަމަށެވެ. ސަބަބެއް ކަމުގައި އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒުގެ ބައިވެރިވުން އެފަދަ ކަންކަމުގައި އޮތުން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެކަމުގެ އެންމެ ފުރިހަމަ މިސާލަކީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމު ޝުޖާއުގެ މައްޗަށް ހުރި ބޮޑެތި ތުހުމަތުތަކާ އެކުވެސް މައްސަލަ ޕާކުކޮށް އަހަރެއްހާ ދުވަސް ފާއިތުކުރުމެވެ.
ރައީސް ޔާމީން ވަނީ މީގެ ކުރީ ސަރުކާރުތަކުން އެކި މީހުންނަށް ދީފައި ހުރި ޕްރޮޕަޓީތައް މި ސަރުކާރުން އަނބުރާ ނަގަމުން ގެންދާތީ އެކަމާ ގުޅިގެން ވެސް ފާޑުވިދާޅުވެފައެވެ. ރައީސް ޔާމީން ވިދާޅުވީ މަގާމުތަކަށް އާދެވުމަކީ މީހުންގެ ހައްގުތަކަށް އަރައިގަތުމަށް އޮންނަ ހައްގެއް ނޫން ކަމަށާ. އެ ޕްރޮޕަޓީތައް އަނބުރާ ނަގަނީ އެކަންކަމުގެ ތެރެއިން ވެސް ރައީސް މީހާއަށް ބައި ނޭޅޭތީ ކަމަށެވެ.
ރައީސް ޔާމީވުން ވިދާޅުވީ، މީގެ ކުރިން ދައުލަތުގެ ވެރިން ކުރާ ވައްކަންތައް އޮންނަނީ ވަންހަނާ ވެފައި ނަމަވެސް މިހާރު ތިބި ވެރިން ގެންދަނީ ރޯމާ ދުވާލު ހާމަކަން ބޮޑުކޮށް ވައްކަން ކޮށް ގައުމުގައި ވައްކަން އާންމުކުރަމުން ކަމަށެވެ.
އަޅުގަޑުމެން ކުޑައިރު ވައްކަމޭ ނުވެސް ކިޔާނެ ބާރަށް. އެއީ އަދަބު އިހުތިރާމުގެ ގޮތުން. ނަމަވެސް މިހާރު މިތިބި މީހުން މިދަނީ ބިރެއް ލަދެއް ނެތި ވައްކަން ކުރަމުން. ވައްކަން އާންމުކުރަމުން. މިއަދު ގައުމީ ބޮޑު ވަބާއަކަށް ވެއްޖެ ވައްކަންކުރުމުން. މިދަނީ ޓާރޝަރީ ފެންވަރުގައި އެކަން ކުރަމުން.
ރައީސް ޔާމީން ވިދާޅުވީ، މިއި ގައުމެއްގެ ހައިސިއްޔަތުން ހިތާމަ ހުރި ކަމެއް ކަމަށެވެ.