theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ހަބަރު
މީހެއްގެ އަބުރު ކަތިލެވިފައިވާނަމަ، އެމީހެއްގެ ކިބައިން މާފަށް އެދި ހިތް ހަލާލު ހޯދާ: ހުކުރު ޚުތުބާ
Aiminath Zawjah
އައިމިނަތް ޒަޢުޖާ
15 އޯގަސްޓު 2025
މާލެ ސިޓީ

މީހެއްގެ އަބުރު ކަތިލެވިފައިވާނަމަ، އެމީހެއްގެ ކިބައިން މާފަށް އެދި ހިތް ހަލާލު ހޯދުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލާފިއެވެ.

އިސްލާމް ދީން ވަނީ އިންސާނާގެ އަބުރު ރައްކާތެރިކޮށްދެއްވައި، ހިމާޔަތްކޮށްދީފައި ކަމަށާއި މީހުންގެ އައިބުތައް ހޯދާ އެމީހުން ފަޟީހަތްކުރަމުން ދުވުމަކީ އިސްލާމްދީނުގައި ނަހީކޮށްފައިވާ ކަމެއް ކަމުގައި ޚިތުބާގައި ބުނެފައިވެއެވެ.

"އަބުރު ހިމާޔަތްކުރުން" މައުޟޫއަށް މިއަދުގެ ޚުތުބާ އަލިއަޅުވާލާފައިވައިރު، ޚުތުބާގައި އިތުރަށް ބުނެފައިވަނީ އިންސާނުންނަކީ އެންމެހައި މަޚުލޫގުންގެ މައްޗަށް މާތް ކުރައްވައި، ގަަދަރު އުފުއްލަވައި ހުރުމަތްތެރި ކޮށްފައިވާ ބައެއް ކަމަށާއި އިންސާނުންގެ އަބުރަށް އަރައިގަތުމަކީ ހަރާމް ކަމެއް ކަމުގައެވެ.

މިއަދުގެ މުޖުތަމައުގައި އެންމެ އާންމުވަމުންދާ އެއް ފާފައަކީ މީހުންގެ އަބުރަށް އަރައިގަތުން ކަމަށާއި ތެދެއް ދޮގެއް ބެލުމެއްނެތި ވާހަކަތައް ފަތުރަމުންދަނީ އާޚިރުގައި އެއިން ނުކުންނާނެ ނަތީޖާއަކަށް ބެލުމެެއް ނެތި ކަމަށްވެސް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

މި ޒަމާނަކީ ވަރަށް ބޮޑަށް ސޯޝަލް މީޑިއާގެ ވަސީލަތްތަކަށް ބަރޯސާވެފައިވާ ޒަމާނެއް ކަމަށާއި ސޯޝަލް މީޑިއާ އަކީ ވައިރޯޅިއެއް ފެތުރިގެންދާވަރަށް ވުރެ އަވަހަށް މައުލޫމާތުތައް ފެތުރޭ ތަނަކަށް ވާއިރު ދޮގު މައުލޫމަތުތައް މިފަދައިން ފެތުރުމަކީ އޭގެ ބިރުވެރިކަމާއި ހުރި ނުބައިކަން ހިތަށްވެސް ނުގެނޭ ވަރުގެ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މިފަދަ ވަސީލަތްތަކުގައި ފަތުރާ ވާހަކަތަކަކީ އެތައް ޒަމާނަކަށް ހުންނާނެ ތަކެތި ކަމަށްވާއިރު، މީހުންގެ އަބުރަށް އަރައި ފަތުރާ ވާހަކަތަކުން ފާފަ ލިބި ލިބި ހުންނާނެ ކަމަށާއި މިފަދަ އަމަލުތަކުން ދުރިހެލިވުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

މި މުޖުތަމައަކީ އެކަކު އަނެކަކުގެ އައިބުތައް ފޮރުވާ، މީހެއްގެ އަބުރަށް އަރާފައިވާނަމަ ލަސްނުކޮށް އެމީހެއްގެ ކިބައިން މާފަށް އެދި ހިތް ހަލާލު ހޯދުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?