theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އިބްރާހީމް ރަޝީދު (ބޮންޑާ) / ސޯޝަލް މީޑިއާ
ސިޔާސީ
ދިވެހިރާއްޖޭގައި ޑޮލަރުގެ ބްލެކް މާކެޓު ހިންގަމުންދަނީ ސަރުކާރުން: ބޮންޑާ
Aiminath Zawjah
އައިމިނަތް ޒަޢުޖާ
18 އޯގަސްޓު 2025
މާލެ ސިޓީ

ދިވެހިރާއްޖޭގައި ޑޮލަރުގެ ބްލެކް މާކެޓު ހިންގަމުންދަނީ ސަރުކާރުން ކަމަށް މާފަންނު މެދު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބޮންޑާ ވަނީ އާއްމު ރައްޔިތުންނަށް ޑޮލަރު ލިބުމުގައި ދަތިވެފައިވާތީ އަދި ޑޮލަރުގެ އަގުމަތިވެ ދިވެހި ފައިސާގެ އަގު ވެއްޓެމުންދާތީ އެކަމުންގެ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.


އިބްރާހިމް ރަޝީދު ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒަށް އިގްތިސާދު ހިންގަން ނޭނގޭ ކަމަށާއި، އިގްތިސާދެއް ހިންގުމަކީ ރައްޔިތު މީހާގެ ޖީބަށް ފައިސާ ވަނުން ކަމަށެވެ. ދުވަހަކު ވެސް ރާއްޖެއަށް ޑޮލަރު ނުވަންނަ މިންވަރަށް ވުރެ ގިނައިން މިހާރު ރާއްޖެއަށް ޑޮލަރު ވަންނަމުންދާކަން ފާހަގަކުރައްވައި އިބްރާހިމް ރަޝީދު ވިދާޅުވީ މިއަދު ރާއްޖޭގެ ހުރިހާ ދިމާލަކުން ރައްޔިތުން ގައުމަށް ޑޮލަރު ވައްދަދޭ ކަމަށާއި، ކަންމަތީ ގަޑިޔާތަކުން ވެސް ޑޮލަރު ހޯދައިދޭ ކަމަށެވެ.


ނަމަވެސް މިސަރުކާރާއެކު ރައްޔިތުންގެ ޖީބަށް ޑޮލަރު ވަނުން ހުއްޓި، ވަރަށް ދަތިވެފައިވާ ކަމަށާއި، ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް އުފުލެމުންދާ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްއެމްއޭއަކީ މިނިވަންތަނެއް ނޫން ކަމަށާއި، ޑޮލަރުގެ ބްލެކް މާކެޓު ވެސް ހިންގަމުންދަނީ ސަރުކާރުން ކަމަށެވެ.


ސޮސައިޓީގެ ޖީބަށް ފައިސާ ނުވަންނަ ގޮތަކަށް ނުކިޔާނެ އިކޮނޮމީއެކޭ. ދެން ކޮންމެވެސް އެހެން ނަމެއް ކިޔަން ޖެހޭނީ. ދިވެހިރާއްޖޭގެ ރައްޔިތުންގެ ޖީބަށް އެންމެ ރީއްޗަށް މިރާއްޖޭގެ އިކޮނޮމީ ކިޔައިދީފައި އިންނާނީ ރައީސް ނަޝީދު. ރައްޔިތުންގެ ޖީބަށް ފައިސާ ވެއްދުން. ރައްޔިތުންގެ ޖީބަށް ފައިސާއެއް ނުވަދޭ މިހާރު. ވަރަށް ނިކަމެތިކޮށް ހުރީ. މިހައި ބައިވަރު ޑޮލަރު ދެއްކިއިރުގައި ޑޮލަރެއް ފެނުނީއެއް ނޫން. މިދިޔަ އަހަރަށްވުރެ ގިނައިން ޑޮލަރު ވައްދައިފި. ހަމަ ސީދާ އެމްއެމްއޭގެ ތެރެއަށް އަޅާލަނީ. މިހާރު ބްލެކް މާކެޓް ސީދާ ގާނޫނީ ގޮތުން ސައްހަ ކޮށްގެން ސީދާ ބްލެކް މާކެޓް ހިންގަނީ ސީދާ ސަރުކާރުން

- މާފަންނު މެދު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)


އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ރިޕޯޓު ލީކުވިތާ 24 ގަޑިއިރު ނުވަނީސް، އެ ޔުނިޓުގެ ވެރިޔަކަށް ހުންނެވި އަބްދުﷲ އަޝްރަފްގެ މަގާމު ބަދަލުކޮށްފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި އިބްރާހިމް ރަޝީދު ވިދާޅުވީ އެމްއެމްއޭގެ ތިޖޫރީ ނެތް ކަމަށާއި، އެތަނަށް ވެސް ހުރިހާ ބާރަކާއި، ނުފޫޒެއް ހިންގަމުންދަނީ ގައުމުގެ ވެރިޔާ ކަމަށެވެ.
މިއަދު މުޅި ނިޒާމުގައި ވެސް އޮތީ އެމަނިކުފާނުގެ ބާރާއި، ނުފޫޒު ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved