ބޮންޑޭ ވިދާޅުވީ ރައްޔިތުންގެ ބަހެއް ނެތި ސިއްރު ސިޓީއެއް ރައީސަށް ނުފޮނުވެނޭ ކަމަށް / ތޭރަ އޮންލައިން
ސިޔާސީ
އިނގިރޭސިވިލާތަށް ފޮނުވި ސިޓީއަކީ އުސޫލާ ޚިލާފު ސިޓީއެއް: ބޮންޑޭ
Mariyam Isaadha
މަރިޔަމް އިސާދާ
22 ޖެނުއަރީ 2025
މާލެ ސިޓީ

ރާއްޖޭގެ ދެކުނުގެ ސަރަހއްދުގެ ކަނޑުން ބޮޑު ބައެއް ގެއްލޭ ގޮތަށް މޮރިޝަސްއަށް ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުން ސިއްރު ސިޓީއަކުން ދީފައި އޮތް ބައި ހޯދުމުގެ މަސައްކަތުގެ ތެރެއިން މި ސަރުކާރުން އިނގިރޭސިވިލާތަށް ފޮނުވި ސިޓީއަކީ ވެސް އުސޫލުން ބޭރުން ފޮނުވި ސިޓީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމު ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

"ޗެނަލް13"ގެ "ނިއުސްޓޯކު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ބާނަ ބާނާ ތިއްބާ ކުރީ ސަރުކާރުން ވިއްކާލި ކަނޑު އަނބުރާ ހޯދަން މި ސަރުކާރުން މަސައްކަތްތަކެއް ކުރިއަށް ގެންދާ ކަމަށް ވެރިން ވިދާޅުވި ނަމަވެސް އެ މަންޒަރު ނުފެންނަ ކަމަށެވެ. އަދި ވިދާޅުވީ ކުރީ ސަރުކާރުގައި ޖެހުނީ ސިއްރު ސިޓީއެއްގެ މައްސަލަ ކަމަށާ މި ސަރުކާރުންވެސް އެކަން ތަކުރާރުކޮށްފި ކަމަށެވެ.

ދާދި ފަހުން އަޑު އިވިގެން ދިޔައީ ސިއްރު ސިޓީއެއް ފޮނުވި ވާހަކަ، އެއީ އެއް ނޫން އެކަން ކުރަންވާނެ ގޮތަކީ. ކުރީ ސަރުކާގަ ވެސް ސިއްރު ސިޓިއެއްގެ މައްސަލަ ޖެހުނީ. މި ފަހަރުވެސް އަނެއްކާ ސިއްރު ސިޓީއެއް. ޔޫކޭ ޕާލިމަންޓުގައި ވެސް އެ ވާހަކަ ދެކެވުނު. އެއީ ދިވެހި ރައްޔިތުންގެ ނަމުގައެއް ނޫން ސިޓީ ގޮއްސަ އޮތީ. އެއީ ރާއްޖެ ރައްޔިތުން ދައުވާ ކުރާ ތަނެއް ނަމަ އެ ފޮނުވަން އޮންނަ އުސޫލަކީ ޕާލިމަންޓުން ނިންމައިގެން. ރައްޔިތުންގެ ބަހެއް. ދެން މޮރިޝަސްގެ ނޫސްތަކުގެ ވެސް އޮތް އެ ވާހަކަ ފާހަގަކޮށްފައި. ރާއްޖޭގެ ރައީސުލްޖްުމްހޫރިއްޔާ ރައްޔިތުންނަށް ސިއްރުން އެތަން ކްލެއިމްކޮށްފިއޭ. އެހެންވީމަ ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތަކުން ނޫން އެ އޮތީ އެ ކްލެއިމް ގޮއްސަކާއެއް.

- ބޮންޑޭ

ބޮންޑޭ އިތުރަށް ވިދާޅުވީ، މަސްވެރިކަމަށް ނުހަނު ގެއްލުން ވާނެ ކަމަށާ މަސްވެރި ކަމަސް ލިބޭ ކޮންމެ ގެއްލުމެއް ރާއްޖޭގެ އިގްތިސޯދަށް ކުރާނެ ކަމަށާ އެއީ ރާއްޖޭގެ އިގްތިސޯދަށް ވަންނަ އެހެން ފައިސާ އުފެދުމުގެ އަސްލަކީ ވެސް މަސްވެރިންކަން ކަމަށް ވުން ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved