ނިއުސް ޓޯކް ޕްރޮގްރާމްގެ ތެރެއިން ބޮންޑޭ / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް
ސިޔާސީ
ނަރީޝް މިހާރު ހެކިދޭން ބޭނުން ނުވަނީ މަގާމެއްގެ ދަހިވެތި ކަމުގައި: ބޮންޑޭ
Mariyam Ibrahim
މަރިޔަމް އިބްރާހިމް
06 މޭ 2025
މާލެ ސިޓީ

ޔޫތު މިނިސްޓްރީގެ އެޑްވައިޒަރު އަހުމަދު ނަރީޝް ރައީސް އަބްދުﷲ ޔާމީންގެ ދިފައީ ހެއްކެއްގެ ގޮތުގައި ޝަރީއަތުގައި ހެކިބަސް ދޭން ބޭނުން ނުވަނީ މަގާމެއްގެ ދަހިވެތި ކަމުގައިކަމަށް މާފަންނު މެދު ދާއިއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ހާމަކޮށްފިއެވެ.

ޗެނަލް 13އިން ކުރިޔައް ގެންދިޔަ ނިޔުސް ޓޯކް ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ، ރައީސް ޔާމިންއަށް ކޮށްފައިފާ ދަޢުވާއަށް ހެކިބަސް ދިނުމަށްޓަކައި އެއްބަސް ވެފައިވާ ކުރީގެ ޑެޕިއުޓީ މޭޔަރ ނަރީޝް، އެކަމަށް އިންކާރު ކޮށްފައިވަނީ އިތުރު މަގާމެއްގެ ދަހިވެތި ކަމުގައި ކަމަށެވެ.

ނަރީޝް އާއި ތިމީސް މީހުން ކުރީގަ ވާހަކަތަކެއް ދައްކާފަ މިހާރު ދުރައްގޮސް އެބުނަނީ، ދެން ތިމަންނަ ހެކި ދޭކަށް ބޭނުމެއްނޫނޭ، ކުރީގަ ދޮގުހަދާފަ ދެން އިތުރަށް ދޮގުހަދާކަށް ވެސް ބޭނުމެއް ނޫނޭ، ނުވަތަ ދޮގެއް ތެދެއް ކަމެއްވެސް ނޭގެއޭމިހާރު، އޭނަ އެދައްކާވާހަކައެއް ގަބޫލު ކުރާނެ މީހަކުވެސް މިތާކުނެތް މިހާރަކު، އޭރު ޔާމިން ކައިރީ ވަރަށް އަރިހުގައި ތިއްބެވީ، މިހާރު އަޅަގަނޑައް ލަފާކުރެވޭ ގޮތުގައި މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރަކަށް ހުއްޓާ ސަރުކާރުން މަޤާމެއްދޭނަމޭކިޔައި ގެން ގޮސް ލަނޑެއްދީފަ މިހާރު އެހެރީ ބަހަޢްޓާފައި. އެތަނުން ވަކި ކޮށްގެން ، އެވެސް ހެއްކަށް ނުފޫޒު ފޯރުވަނީކަމަށް އަޅުގަނޑަށް ބެލެވެނީ.

-

ޝަރުއީ ކޯޓުތަކަށް ނުފޫޒު ނުފޯރުވާނެ ކަމަށް މިބޭފުޅުން ބުނެފައި ވާއިރު މިހާރު މިފެންނަނީ އެހެން މަންޒަރެއް ކަމުގައި ބޮންޑޭ ބިދާޅުވެފައިވެއެވެ.

ރައިސް ޔާމިން ބަންދު ކޮށްފައި ވަނީ ސިޔާސީ ނުފޫޒުން ކަމުގައި ބުނެފައި ވާއިރު މިއަދު ހަމަ އެބޭފުޅުން ބޭނުން ވަނީ އެމަނިކުފާނު ބަންދުގައި ބަހައްޓަން ކަމުގައިވެސް ބޮންޑޭ ވަނީ ވިދާޅުވެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved