

ދިވެހިރާއްޖެ ދަރާ، ނުވިހާ ކުއްޖާގެ ފޫޅަށްދާންދެން އިންވެސްޓުކުރަން ޖެހުނީ އެމްޑީޕީ ސަރުކާރުގެ ނާގާބިލު ކަމާ އަމިއްލަ އެދުން ބޮޑުކަމުން ކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.
ގައުމުގެ އިގްތިސޯދު އިނދަ ޖައްސާލި ބަޔަކީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުއާ އެމަނިކުފާނުގެ އައުވާނުންނެވެ. ބަދަލު ދިނުމުގެ ނަމުގައާ އަދިވެސް އެހެނިހެން ނަންނަމުގައި އަމިއްލަ މަސްލަހަތު ހިމެނޭ މީހުންނަށް ދައުލަތުގެ ޚަޒާނާ ބަހާލިއެވެ.
އެކަންކަން ގޯސްވެގެން ރައްޔިތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ސަރުކާރު ބަދަލުކުރިއެވެ. ހެޔޮ ބަދަލަކަށް އެދިއެވެ. ނަމަވެސް ކަންވީ ކިހިނަކުންކަން އެންމެން ވެސް މިތިބީ ބަލަން ށެވެ.
މި ރިޕޯޓުގައި މި ފައިސަލާ ކޮށްލަނީ ރައްޔިތެއްގެ ދުރިމީއިން ބަލާ ލެންސަށް އެރި މަންޒަރުތަކުގެ ވާހަކައެވެ.
ރައްޔިތުންނަށް ބޭނުންވާ ތަރައްގީއަށް ތަމައްދުނު އެންމެ ފަސް އަހަރު ތެރޭގައި ގެނެސްދެއްވި ލީޑަރެއް ފައިންޕޫލު ދަށުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއްގެ ކިބައިން ރައްޔިތުން ކުރާނެ އުއްމީދު ގިނަ ވާނެއެވެ. އެގޮތުން ތަރައްގީގެ މަޝްރޫއުތައް ގައުމުގެ ކަންކޮޅުތަކުން ފެނުން އެއީ ރައްޔިތުން ނުހަނު އިންތިޒާރުކުރާނެ ކަމެއްކަން ޔަގީނެވެ.
ބޮޑެތި ބަޖެޓުތައް ފާސްކުރާއިރު އެ ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކާ އެހެނިހެން ކަންކަމަށް ވެސް ބަޖެޓުކުރުން އެއި ރައްޔިތުން މީގެ ކުރިން ދުށް ކަންތަކެވެ. ނަމަވެސް މި ސަރުކާރު އައިސް ރަށް ރަށުގެ ތަރައްގީއަށް ބަޖެޓުގައި އަދަދުތައް ހިމެނުން ނިމުމަކަށް ގެނައެވެ. ޕީއެސްއައިޕީ މަޝްރޫއުތަކުގެ ވާހަކަ ހިނދި ނިމިއްޖެއެވެ.
ބަދަލުގައި ފެންނަމުން ދަނީ، އަހަރުގެ ފުރަތަމަ ބައި ނިމުނުއިރު، ދައުލަތަށް ލިބުނު އާމްދަނީގެ ރެކޯޑެއް އޮތް ނަމަވެސް އެއަކުން ރައްޔިތަކަށް ރާހަތެއް ނުކުރާ މަންޒަރެވެ. ބަޖެޓު ސާޕްލަސް ވެސް ރެކޯޑު އަދަދެއް ކަމަށް ނަމްބަރުންތަކުން ދެއްކި ނަމަވެސް ބޮޑު މަންޒަރަކަށް ބަދަލެއް ނާދެއެވެ.
ސަރުކާރުގެ ރިފޯމް އެޖެންޑާގައި ހުރި ގިނަ ކަންކަން ބޮލާލައި ޖަހައިފިއެވެ. އާސަންދައިގެ ހަރަދު ހުރީ އިހުނަށް ވުރެ ބޮޑުކޮށެވެ. ފައިސާތައް މަޖަލަށް ބުރުއްސާ ހަވައަށް ދުވާލާއިރު ރައްޔިތުންނަށް ލިބުނީ ކޮއްޗެއްތޯއެވެ. ބަޖެޓުތައް ފާސްކޮށް ވަފުދު ވަފުދު ކަރަކަރައަށް އިރު އިރުކޮޅާ ފުރަ ފުރައިންގެންދާއިރު ރައްޔިތުންނަށް ލިބުނީ ކޯއްޗެއްތޯއެވެ؟ ރައްޔިތުންނަށް ލިބުނީ އިންފްލޭޝަން މަތިވުމާ ޑޮލަރުގެ އަގު މަތިވުމާ ކަރަންޓު ބިލު މަތިވުމާ ކަރަންޓު ކެނޑުން އިތުރުވުމާ އަދި މީގެ އިތުރުން ދެން މިލިބުނީ 110 ބިލިއަން ރުފިޔާ ހުސްވިއިރު ބިމުން މައްޗަށް އެރި 55 އޭޓީއެމްއެވެ.
ރައީސް މީހާއަށް ދެ އަހަރު ވެގެން ދިޔައިރު ރައްޔިތުންނަށް މި ދެވުނީ އޭޓީއެމް ކޮޅެކެވެ. އެވެސް އަމާ ބުނީތީ ފަރަށްދާ އުސޫލުން ކަމަށް ބުނާ އަޑު އިވެއެވެ.