March 18, 2026
Advertisement
-
- / އަލްޖަޒީރާ

ޔަމަނުގެ ކަރަންޓު ޕްލާންޓަކަށް ސަހްޔޫނީން ހަމަލާދީފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 18, 2025, 10:43 PM
މާލެ ސިޓީ

ޔަމަނުގެ ވެރިރަށް ސަމާ ކައިރީގައި ހުރި ކަރަންޓު ޕްލާންޓަކަށް ސަހްޔޫނީންގެ ކަނޑުގެ އަސްކަރިއްޔާއިން ހަމަލާދީފައިވާ ކަމަށް އެގައުމުގެ މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

Advertisement

ސަހްޔޫނީންނާއި ހޫތީންނާއި ދެމެދު ހިނގަމުންދާ ކޯޅުންތަކުގެ ތެރެއިން ދެވުނު މި ހަމަލާގެ ސަބަބުން، ޞަނާގެ ހެޒްޔާޒް ކަރަންޓު ޕްލާންޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ހޫތީންނާ ގުޅުންހުރި އަލް މަސީރާ ޓީވީން ރިޕޯޓުކުރި ގޮތުގައި، މި ހަމަލާއިން ޕްލާންޓުގެ ޖެނެރޭޓަރުތަކަށް ސީދާ އަސަރުކޮށް، ވަގުތުން އަލިފާން ރޯވެފައެވެ. ނަމަވެސް، ފަހުން ކާރިސާ ބެލެހެއްޓުމުގެ ޓީމުތަކުގެ ބުރަ މަސައްކަތުން އަލިފާން ވަނީ ނިއްވާލެވިފައެވެ.

ޔަމަނުގެ ޑެޕިއުޓީ ބޮޑުވަޒީރު ވަނީ މިކަން ކަށަވަރުކޮށްދެއްވާފައިވާ އިރު ޞަނާގައި ދިރިއުޅޭ ރައްޔިތުން ބުނެފައިވާ ގޮތުގައި ހަމަލާ ދިން ވަގުތުގައި ވަރަށް ބާރު ގަދަ ދެ އަޑެއް އިވިފައިވާ ކަމަށެވެ.

ސަހްޔޫނީން ބުނެފައިވަނީ މި ހަމަލާއަކީ ހޫތީން ތަކުރާރުކޮށް އެގައުމަށް ދެމުންދާ މިސައިލްތަކާއި ޑްރޯން ހަމަލާތައް ހިމެނޭ ގޮތަށް ސީދާ ޖަވާބެއްގެ ގޮތުގައި ދިން ހަމަލާއެއް ކަމަށެވެ. ސަހްޔޫނީން ދަޢުވާކުރަނީ ހަމަލާދިން ކަރަންޓު ޕްލާންޓަކީ ހޫތީ ހަނގުރާމަވެރިން ބޭނުންކުރާ ތަނެއް ކަމަށެވެ.

މި ހަމަލާއާއި ގުޅިގެން އާންމު ރައްޔިތުންނަށް ހިދުމަތްދޭ މުހިންމު އިންފްރާސްޓްރަކްޗަރުަތަކަށް ހަމަލާދިނުމަކީ ހަނގުރާމައިގެ ގަވާއިދުތަކާ ހިލާފު ކަމެއް ކަމަށް ބައިނަލްއަޤްވާމީ ކަންބޮޑުވުންތައް ވަނީ ބޮޑުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved