

ޕީއެންސީ ވެރިކަމަށް އައިއިރު 3000 ހަމަ ވަނީ ކިރިޔާ ކަމަށާށް، އޭގެ ފަހުން ވެއްދި ބަޔަކު ވެއްދީ ވަގަށް ކަމަށް ޕީއެންއެފްގެ އިސް ސަފުގައި ހަރަކާތްތެރިވާ އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ޕީއެންއެފްއިން "ވޭކްއަޕް" ނަމުގައި ސަރުކާރު ޒިންމާދާރު ކުރުވުމަށް ބޮޑު ޖަލްސާއެއް އޮގަސްޓް 21 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާކަން އިއުލާންކޮށްފައިވަނިކޮށް ޕީއެންއެފްގެ މެންބަރުން މަދުވެގެން ޕީއެންސީއަށް ނިސްބަތްވާ މި ސަރުކާރުގެ އެކްޓިވިސްޓުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ވުމަށް ރައްދު ދެއްވާ ވައްޑެ ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
ވައްޑެ ވިދާޅުވެފައިވަނީ ޕީއެންއެފްގެ މެންބަރުން މަދުވެގެން ޕީއެންސީއަށް ވާހަކަ ނުދެއްކޭނެ ކަމަށާއި 2023 ވަނަ އަހަރު ވެރިކަމާއި ހަވާލުވިއިރު ޕީއެންސީގައި 3000 މެންބަރުންވެސް ހަމަނުވާ ކަމަށެވެ.
ޕީއެންސީއަކީ މެންބަރުން އިތުރުކުރަން ޑީއެންއާރް އިން ވައްކަންކޮށްގެން ޖޫރިމަނާކުރި ޕާޓީއެއް ކަން ހަނދާނަށް ގެންނަވާ ވައްޑެ ވިދާޅުވީ، ދިވެހި ސިޔާސީ ތާރީޚް ލިޔުއްވާ ބޭފުޅުން މި ސަރުކާރުން ހިންގާފައިވާ ޖަރީމާތަކުގެ ވާހަކަތައް ލިޔެ ހުސްނުވާނެ ކަމަށް ވައްޑެ ވަނީ އެކްސް ޕޯސްޓްގައި ވިދާޅުވެފައެވެ.
Pnf ge membarun madhu veyen sarukaaru botun anga thalhaairu verikamah pnc ai airu 3k membarun kiriyaa hamavany.
— WADDE 🇲🇻 (@wadde_mv) August 18, 2025
Verikamaai havaalu ve DNR vahkankogen membarun ithurukuranikoh falhaa araigen joorimanaa kuri.
dhivehi thaareekhu liyaa bayaku evaahaka thah varh reechah liyaane. pic.twitter.com/uu9itYecx2
ސަރުކާރު ޒިންމާދާރު ކުޑަވެ ވައްކަމާއި ކޮރަޕްޝަން ސަރުކާރުގެ ތެރޭގައި އާންމުވެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ބޮއްސުންލަމުންދާތީ ޕީއެންއެފްއިން ބާއްވާ ބޮޑު ޖަލްސާއަށް ގިނަ ބަޔެއްގެ ތަރުހީބު ލިބެމުންދާތީ އެ ބޭ ބޭފުޅުންނަށް ކެތް ނުވަނީ ކަމުގައި ވައްޑެ ސިފަކުރެއްވިއެވެ.