March 19, 2026
Advertisement
ވައްޑެ
ވައްޑެ / ތޭރަ އޮންލައިން

ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު އޮޅުވާލައިގެން މީޑިޔާތަކަށް ގެންނަން އެންގީ ސީދާ މުއިއްޒު: ވައްޑެ

Aishath Naja
އައިޝަތު ނަޖާ
Aug 24, 2025, 11:47 PM

ޕީއެންއެފްގެ ވޭކްއަޕް ޖަލްސާގައި ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅު އޮޅުވާލައިގެން މީޑިޔާތަކަށް ގެންނަން އެންގީ ސީދާ މުއިއްޒުކަމަށް ޕީއެންެއެފްގެ މެމްބަރު އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

Advertisement

ވޭޕްއަޕް ޖަލްސާގައި ރައީސް ޔާމީން ވާހަަކަ ދައްކަވަން ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއް އެކްސްގައި ހިއްސާ ކުރައްވާ ވައްޑެ ވަނީ އަދުގެ ރައީސް މުއިއްޒަށާއި ސަރުކާރު ހިންގާ ޕީއެންސީއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒު ކުރައްވާފައެވެ.

އަދުގެ ސަރުކާރުގެ ބައެއް ވެރިން ފަރާތްތަކުން ދައުލަތުގެ މާލިއްޔަތުން ވައްކަންކޮށް، އެ ފައިސާ އަނބިންނާއި ދަރިންގެ އެކައުންޓް ތަކުގައި ރައްކާ ކުރާކަމަށް ވިދާޅުވެ ދެއްކެވި މިސާލެއް އޮޅުވާލައިގެން ސަރުކާރަށް ސަނާ ކިޔާ ނޫސްތަކުން ހަބަރު ޖަހާފައިވެއެވެ.

ވައްޑެ ޕޯސްޓުގައި ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ވާހަކަފުޅުގެ ވީޑިޔޯ އިން އެއްބައި ކަޓުގެން ދައުރުކޮށްފައިވަނީ މުއިއްޒު ޕީއެންސީ ސޯޝަލް މީޑިޔާ ޓީމަށް އަންގައިގެންނެވެ.

ޕީއެންއެފްގެ ވޭކްެއަޕް ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މިއީކީ ރައްޔިތުންގެ ތާއީދު އޮވެގެން، ރައްޔިތުންގެ ލޯބި ހޯއްދަވައިގެން ވެރިކަން ކުރައްވާ ރައީސެއް ނޫން ކަމަށާއި މި ހުންނެވީ އެކުރެވުނު ގޮތަކަށް ކުރެވުނު ކަމެއް ކޮށްގެން ވެރިކަމުގައި ހުންނަވަން ބޭނުންފުޅުވާ ރައީސެއް ކަމަށެވެ.

މުއިއްޒާއި މި ސަރުކާރުގެ ވެރިން ދައުލަތުން ފައިސާ ނަގާފައި އަނބިދަރިންގެ އެކައުންޓުތަކަށް އަންނަނީ ފައިސާ ޖަމާކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved