theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ވައްޑެ / ތޭރަ އޮންލައިން
ސިޔާސީ
ވައްޑެ ފަލާހަށް: މިތިބީ ހާލިން ނިކުމެ، މަގުމައްޗަށް ނެރެން ނަހަދާ!
Aishath Naja
އައިޝަތު ނަޖާ
23 އޯގަސްޓު 2025

މިތިބީ ހާލިން ނިކުމެކަމަށާއި މަގުމައްޗަށް ނެރުމަށް މަސައްކަތްކުރުން ހުއްޓާލުމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ފަލާހަށް ޕީއެންއެފްގެ މެމްބަރ އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) ގޮވާލައިފިއެވެ.

ޕީއެންއެފްގެ ވޭކްއަޕް ޖަލްސާއަށް ލިބުނު ތަރުހީބު ފެނި ފަލާހަށް ހަޖަމް ނުވުމުން އޭނާއަށް ރައްދު ދެއްވާ ވައްޑެ ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

ޕޯސްޓުގައި ޖަލްސާގެ މަންޒަރުތައް ދައްކުވައިދޭ ދެ ފޮޓޯއެއްވެސް ވައްޑެ ވަނީ ހިމަނުއްވާފައެވެ.

ވައްޑެ ވިދާޅުވީ ހާލިން މިތިބީ ނިކުމެކަމަށެވެ. ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަންތައް ނުހުއްޓާ ހިނދަކު މަގުމައްޗަށް ނިކުތުމަށް ވެސް ޖެހިލުމެެއް ނުވާނެކަމަށެވެ.

ރައްޔިތުންގެ ބައިތުލް މާލުން ބަނޑުއަޅަން އޮއްވާ ރައްޔިތުންގެ ނިކުމެ ތަހުގީގުކޮށް ހުކުން ކުރަންޖެހިދާނެކަމަށް ބުނެ ވައްޑެ ވަނީ ޕޯސްޓުގައި މަޖާޒީ ބަހުރަވައިން ވާހަކަދައްކަވާފައެވެ.

ރައްޔިތުންގެ ކޯޓުން ހުކުން ޖެހީމަ ދެން އަނެއްކާވެސް އެނބުރި ދާންޖެހޭނީ ޖުމްހޫރީ ޕާޓީއަށްކަމަށަ ވެސް ވައްޑެ ޕޯސްޓުގައި ފާހަގަކުރައްވާފައެވެ.

ފަލާހު ޖޭޕީގައި އުޅިފައި އައީމަ ރައީސް ޔާމީންގެ ފިކުރު މަގުމައްޗަށް ފަރިތަވަރު ނޭނގިދާނެކަމަށް ވެސް ވައްޑެ ވިދާޅުފައިވެއެވެ.

ފަލާހަށް ޕީއެންްފްގެ ވޭކްއަޕް ޖަލްސާގެ މަންޒަރުތައް ފެނި ހަޖަމް ނުވެގެން އުޅޭތީ ގިނަ ބަޔަކު އޭނާއަށް އަންނަނީ ޖޯކު ޖަހަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved