March 19, 2026
Advertisement
ވައްޑެ
ވައްޑެ / ތޭރަ އޮންލައިން

ދައުލަތަށް އެންމެ ބޮޑެތި ޚިދުމަތް ކުރެއްވީތީ ދައުލަތުން ޢިއްޒަތް އަރުވާފައި ހުރި ބޭފުޅެއް އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ސަރުކާރުން ހަނދާންނެތިއްޖެ: ވައްޑެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 30, 2025, 11:28 PM
މާލެ ސިޓީ

ދައުލަތަށް އެންމެ ބޮޑެތި ޚިދުމަތް ކުރެއްވީތީ ދައުލަތުން ޢިއްޒަތްވެސް އަރުވާފައި ތިބޭ ބޭފުޅުން އަވަހާރަވީމާ ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރުމަކީ ޒަމާނުއްސުރެ ކުރާ ކަމެއް ކަމަށާއި އެކަން މިއަދުގެ ސަރުކާރުން ހަނދާން ނެތިއްޖެ ކަމަށ އަހުމަދު މުހައްމަދު ވަހީދު ( ވައްޑެ) ވިދާޅުވެއްޖެއެވެ.

Advertisement

ދިވެހި ގައުމަށް އަގުހުރި ޚިދުމަތްތައް ކޮށްދެއްވާފައިވާ ޔުނިވާސަލްގެ ބާނީ މުހައްމަދު އުމަރު (އެމްޔޫ މަނިކު) އަވަހާރަ ވުމާއި ގުޅިގެން ރައީސްގެ ތައުޒިޔާގެ މެސެޖެއް ޕޯސްޓުން ކޮށްލާ ޒަމާނުއްސުރެ އޮންނަ މިއާދަ ހަނދާން ނެތުމަކީ މިވަގުތު ވެރިކަމުގައި ތިބީ ކިހާ ތަންދޮރު ނުދަންނަ ބައެއްކަން ވަރަށް ބޮޑަށް ސާފުވެގެން ދާ ކަމެއްގެ ގޮތުގައި ވައްޑެ އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ.

ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިކަމުގެ ޚާއްސަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުހައްމަދު އުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި އަދާކުރެއްވި ދައުރުގެ އަގު ވަޒަންކުރުމަށް ކިއަދަކީ ދިވެހި ދިދަ ބައި ދަނޑިއަށް ތިރިކުރަންޖެހޭ ދުވަހެއް ކަމަށް ވައްޑެ ވަނީ ސަރުކަރަށް ގޮވާލާފައެވެ.

ނަމަވެސް މިފަދަ ބޭފުޅުންގެ އަގު ވަޒަން ކުރުމުގެ ވިސްނުމެތް މި ސަރުކާރުން ނުގެންގުޅޭ ކަމަށާއި މުއިއްޒު އުޅުއްވަނީ ގައުމު އޭނާގެ ބާރުގެ ދަށަށް ނުގެނެވިގެން ކަމަށް ވައްޑެ ވަނީ ސިފަކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved