March 22, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

މި ހާލިން ވިހާފާނެ މި ސަރުކާރަށް އުނދަގޫ ވާވަރުގެ ފަނިތައްވެސް: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Aug 19, 2025, 04:46 AM
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރޮންޓަކީ "ހާއްޔެއް"ގެ ގޮތުގައި ސިފަކުރާ ކުރުމާ އެކު ރައީސް އަބްދުﷲ ޔާމީންގެ ވަރުގަދަ ރައްދެއް ސަރުކާރުގެ ބޮޓުންނަށް އަމާޒުކުރައްވައިފިއެވެ.

Advertisement

ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ ހައްގުގައި ވާހަކަދައްކާ ހަމައެކަނި ޕާޓީއަކީ ޕީއެންއެފް ކަމަށާއި އެއީ ލަދުވެތިވާ ކަމެއް ނޫން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޕީއެންއެފްގެ އޮފީހަކީ ހާއްޔެއްގެ ސިފައިގައި ސިފަކުރަމުންދާއިރު، އެ ހާއްޔަކީ ވަރުގަދަ ހާއްޔަކަށްވެ ސަރުކާރަށް ނުރައްކާތެރިވެސް ވެދާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ހާއްޔަކީ އެއްޗެހި ވިއްސަން ބޭނުންކުރާ ވެށި ކަމަށާއި އެ މަނިކުފާނުގެ "ހާލީގައި" މި ސަރުކާރަށް އުނދަގޫވާ ވަރުގެ ފަނިތައް ވެސް އުފަންވެދާނެ ކަމަށެވެ.

އިހަށް ދުވަހު އަޅުގަޑާ ނޫސްވެރިއަކު ސުވާލު ކުރެއްވި މި ހާލިން ބޭރަށް ނުކުންނަން ވެއްޖެތޯ؟ މި ހާލިން އެކަނިން ރައްޔިތުންގެ އަޑު އިއްވަނީ. މި ސަރުކާރު ވައްޓާލާ ވަރުގެ ފަނިތައް ވިހާނީ ވެސް ހާއްޔެއްގެ ތެރެއިން. އެހެންވީމާ މިފަދަ ހާއްޔެއް ނެތް އެއްވެސް އެހެން ތަނަކު. މިފަދަ ހާއްޔެއް އަޅުގަނޑުމެންނަށް ނުފެނިގެން މި އުޅެނީ އެއްވެސް އެހެން ތަނަކުން

ރައީސް ޔާމީން

އެމަނިކުފާނު ވިދާޅުވީ، ޕީއެންއެފުން އޮތީ ރައްޔިތުންގެ ފަޅީގައި ކަމަށާއި އެއީ ފަހުރެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved