theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ނޫސްވެރިން މަޖިލީހުގައި ހިމޭން އިހުތިޖާޖުގައި / ސޯޝަލް މީޑިއާ
ހަބަރު
ނޫސްވެރިންގެ އިހުތިޖާޖާ އެކު، ބިލު ދިރާސާކުރަން ކަމަށް ބުނެ ދައުރު ނިންމާލައިފި
Mariyam Isaadha
މަރިޔަމް އިސާދާ
19 އޯގަސްޓު 2025
މާލެ ސިޓީ

މިނިވަން މީޑިއާ ނައްތާލުމަށް ސަރުކާރުން ފަހަތުގައި އޮވެގެން ހުށަހެޅި ބިލުގެ މަސައްކަތް ކުރިއަށް ގެންދަނިކޮށް ނޫސްވެރިންގެ އިހުތިޖާޖު ކުރަން ފެށުމުން ބިލު ދިރާސާކުރަން ކަމަށް ބުނެ ދައުރު ނިންމާލައިފިއެވެ.

މީޑިއާތައް ރެގިއުލޭޓްކުރާ ކޮމިޝަނަށް ވަރަށް ބޮޑަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ތުޅާދޫ ދާއިރާގެ، ސަރުކާރާ ގުޅުން ބޮޑު އަމިއްލަ މެންބަރު، އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލަށް ބަހުސްކުރަމުން ދިޔަ ވަގުތު ރާއްޖޭގެ ނޫސްވެރިން ވަނީ މަޖިލީހުގައި ގެލެރީގައި ހިމޭން އިހުތިޖާޖެއް ކޮށްފައެވެ. އެގޮތުން "ދައުރު"، "އަދަދު" "މިހާރު" ނޫހުގެ އިތުރުން ޗެނަލް 13 / ތޭރަ އޮންލައިންގެ ނޫސްވެރިންވެސް އެ އިހުތިޖާޖުގައި ބައިވެރިވިއެވެ.

ބިލުގެ ބަހުސް ވަކި ހިސާބަކަށް ދިއުމާ އެކު މަޖިލިސް ރައީސް އަބްދުއްރަހީމު ވަނީ، ބިލަށް ބަހުސްކުރަން ހުރިހާ މެމްބަރުންވެސް ބޭނުންވާކަމަށާ ގިނަ މެމްބަރުން އެ ބިލު ދިރާސާކުރަން ބޭނުންވާކަމަށް ވިދާޅުވާތީ ދިރާސާކުރުމަށް ފުރުސަތު ދީ، މުހިއްމު މަސައްކަތްކުރަން ކަމަށް ބުނެ ދިގު ދަންމާލި ދައުރު ކުރުކޮށް، މަޖިލީހުގެ މި ދައުރު ނިންމާލާފައެވެ.

މިހާ ހިސާބަށް މި ބިލުގެ ބަހުސް ދިޔައިރު އަޅުގަނޑަށް ފާހަގަ ކުރެވުނީ ހަމަ ހުރިހާ އިއްޒަތްތެރި މެންބަރުން ވެސް މި ބަލަށް ވާހަކަ ދައްކަން ބޭނުންވެވަޑައިގަންނަވާކަން. ބައެއް ބޭފުޅުންގެ ވާހަކަތަކުން މި ބިލު އިތުރަށް ދިރާސާ ކުރަން ބޭނުންވާ ކަމަށް ވެސް އަޅުގަނޑަށް އެބަ ވިސްނޭ. އެހެންވީމާ އަޅުގަނޑު ގަސްދު ކުރަނީ މި ބިލުގެ ބަހުސް މިއަދަށް ނިންމާލާ މިދައުރުވެސް މި ނިންމާލީ.

- އަބްދުއްރަހީމު

މިނިވަން މީޑިއާތައް ނެތިކޮށްލާ ބިލު ފަރުމާކޮށްފައި އޮތީ މީޑިއާތައް ސަރުކާރުގެ ބާރުގެ ދަށަށް ގެންނަ ގޮތަށް ބިލެއް މަޖިލީހަށް ހުށަހަޅާފައިވާއިރު، އެކަމުގެ އަޑީގައި އޮތީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މީޑިޔާތައް ސަރުކާރުގެ މުށުތެރެއަށް ؛ާން މަސައްކަތް ފަށާފައިވަނީ ސަރުކާރުން ކުރާ ވައްކަންތަކުގެ ވާހަކަ ބައެއް މީޑިޔާތަކުން ރައްޔިތުންނާ ހަމައަށް ތިލަކޮށްދޭތީ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved