June 17, 2026
Advertisement
ވިއްސާރަ ދުވަހެއް
ވިއްސާރަ ދުވަހެއް / މިހާރު

‎މިއަދާއި މާދަމާ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް: މެޓް

Aiminath Sarah
އައިމިނަތް ސާރާ
Aug 20, 2025, 09:00 PM
މާލެ ސިޓީ

ދެކުނާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް މިއަދާއި މާދަމާ މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

Advertisement

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ދެކުނާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ވިއްސާރައިގެ އަސަރުކުރާނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކެމަށް އެ އިދާރާއިން ވިދާޅުވިއެވެ.

މިގޮތުން މިއަދާއި މާދަމާއަށް މޫސުން ދެމިގެންދާނެކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅު ވާނެއެވެ.

މޫސުމާ ބެހޭ އިދާރާއިން ވިދާޅުވީ ވައިޖެހޭނީ ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށާއި ވިލާގަނޑުގައި 35 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

އަދި ހުރިހާ ހިސާބެއްގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށްވެސް އެ އިދާރާއިން މަޢުލޫމާތު ދެއްވިއެވެ.

މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދަނީ މޫސުމީ ވިއްސާރައެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved