March 21, 2026
Advertisement
ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ / ރައީސް އޮފިސް

މިރޭގެ ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާނެ!!!!

Aug 21, 2025, 06:30 PM
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އިން މިރޭ ބާއްވާ ބޮޑު އެއްވުމުގެ އެ ޕާޓީގެ ބާނީ ރައީސް އަބްދުﷲ ޔާމީން ވާހަކަަފުޅު ދައްކަވާނެކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.

Advertisement

ޖަލްސާގެ ފަހުގެ ތައްޔާރީތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ޕާޓީގެ ސެކެރެޓަރި ޖެެނަރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، މިރޭގެ ޖަލްސާ ހުއްޓުވުމަށް ސަރުކާރުން ގެންދަނީ ނުހަނު ގިނަ މަސައްކަތްކުރަމުން ކަމަށާ އެގޮތުން ރައީސް ޔާމީން އެކި އެކި ސިޔާސީ ޕާޓީތަކާ ގުޅިގެން ކޯލީޝަން ހަދައިގެން ސަރުކާރު ވައްޓާލަން އުޅޭ ފަދަ މޭރުމަކުން މައުލޫމާތު ފަތުރާ ސަރުކާރުން ހިންގާ ނޫސްތަކުން ވެސް ދަނީ ދޮގު މައުލޫމާތު ފަތުރާ މުޖުތަމައުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރަމުން ކަމަށް މަލީހު ވިދާޅުވިއެވެ.

މީގެ އިތުރުން ޖަލްސާ ކެންސަލްވީ ކަމަށް ބުނެ މެސެޖުތަކެއް ސަރުކާރު އަޑީގައި ތިބެގެން ދައުރުކުރުވަނުންދާކަން ފާހަގަކުރައްވާ މަލީހު ވިދާޅުވީ، ސަރުކާރުން އުޅެނީ ބިރުން ކަމަށެވެ. އެއީ ރައްޔިތުން ސަރުކާރާ މެދު ނުުރހިފައި ތިބި މިންވަރު މިރޭ ފެނިގެންދާނެތީ މުޅި ދުނިޔެއަށްވެސް ދިވެހި ސަރުކާރު ފެއިލްވެފައިޗާ މިންވަރު ހާމަވާނެތީ ކަމަށެވެ.

މަލީހު އިތުރަށް ވިދާޅުވީ މިރޭގެ ޖަލްސާގައި ރައީސް ޔާމީން ގައުމުގައި ހުރި ކަންކަމަށް ނަޒަރު ހިންގަވާލައްވާ ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved