March 12, 2026
Advertisement
ޕީއެންއެފްގެ ޖަލްސާގެ ތެރެއިން
ޕީއެންއެފްގެ ޖަލްސާގެ ތެރެއިން / ވޮއިސް.އެމްވީ

ބޮޓުން ސިފަކުރާ ހާލިން ނުކުމެވަޑައިގެން ރައީސް ޔާމީންގެ ފުރަތަމަ ރަސްމީ ފެނިލުން: ސަރުކާރަށް ވަރުގަދަ ރައްދެއް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 22, 2025, 06:43 AM
މާލެ ސިޓީ

ރައީސް އަބްދުﷲޔާމީންގެ އިދިކޮޅު ފަރާތްތަކުން ސިފަކުރައްވާ އެމަނިކުފާނުގެ "ހާލިން" ބޭރަށް ނުކުމެވަޑައިގަންނަވާ އެމަނިކުފާނުގެ ޕާޓީގެ ފުރަތަމަ ރަސްމީ ޖަލްސާ މިރޭ ބާއްވާ ސަރުކާރަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

Advertisement

"ވޭކް އަޕް" ގެ ނަމުގައި ޕީއެންއެފް އިން ފުރަތަމަ ފަހަރަށް ބޭއްވި ގައުމީ ބޮޑު އެއްވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވާ ރައީސް ޔާމީން ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ގައުމު ސަރުކާރު ޒިންމާދާރު ކުރުވުމަށް ބޭނުންތެރި ގިނަ ލަފާތަކެއް ދެއްވާފައެވެ.

އެމްޑީޕީ ސަރުކާރުގައި ނުހައްގުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމުގެ ސަބަބުން ނިމިދިޔަ ފަސް އަހަރު ބަންދުގައި އަނިޔާވެރިކަމުގައި ބޭއްވާފައިވާތީ އެމަނިކުފާނަށް އިންސާފު ހޯއްދަވައިދެއްވާނެ ކަމުގެ އުއްމީދުގައި ދިވެހި ރައްޔިތުން ހޮވި މިއަދުގެ ރައީސް މުއިއްޒު ވަނީ އެމަނިކުފާނަށް ބޮޑުތަނުން ޚިޔާނާތްތެރިވެފައެވެ.

ފަނޑު ނޫކުލައިން މި ގައުމަށް ގެނުވީ ބަލިމަޑުކަމާއި ހައި ހޫނުކަމާއި ތަދުމަޑުކަމެއްގެ ގޮތުގައި ރައީސް ޔާމީން ވަނީ ސިފަކުރައްވާފައެވެ. މިގޮތުން ރައްޔިތުން މިހާރު ސަލާންޖަހަން ނުޖެހޭ އެއްވެސް ކަމެއް މި ގައުމުގައި މިހާރު މނެތް ކަމަށާއި ހެޔޮ ވެރިކަމެއް ކޮށްދޭނެ ކަމަށް ވިދާޅުވި ވިދާޅުވުން މުއިއްޒު ހަނދާންވެސް ނެތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ޖަލްސާއަށް ހުރަސްއެޅުމަށް މުއިއްޒު ވަނީ އެތަކެއް މަސައްކަތްތަކެއް ކުރައްވާފައެވެ ޖަލްސާގައި ބައިވެރިވާ ބޭފުޅުންގެ އަދަދުތައް މަދުކުރުމުގެ ބޭނުމުގައި މާލެއާއި ހުޅުމާލެ ސަރަހައްދުތަކުގައި އެކި އިވެންޓްތައް ރާވާ ވަކި މީޑިޔާތައް ޖަލްސާގެ ވަގުތާއި ދިމާކޮށް ބްރޯޑްކާސްޓިންގ ޚިދުމަތް މެދުކަނޑާލާފައިވެއެވެ.

ރައީސް މުއިއްޒުގެ ޕީޕީއެމް ވެރިކަމަކީ ބަހާރު މޫސުންކަމަށް ސިފަކުރައްވާ ރައީސް ޔާމީން ވަނީ އަދުގެ ހާލަތު އޮތްގޮތް ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުކަމަށް ވިދާޅުވެފައެވެ.

އިދިކޮޅު ފަރާތްތަކުން ބޭއްވި އެންމެ ޖަލްސާއަކު މުޅި ސަރުކާރަށް ލޮޅުން އަރައިގެން ދިޔަ މަންޒަރު މިރޭ ދިވެހި ރައްތިޔުންނަށް ވަނީ ފެނިގެން ގޮސްފައެވެ.

މި ޖަލްސާ ލައްކައަކަށް ވުރެ ގިނަ މީހުން ބަލާފައިވެއެވެ

ކޮމެންޓު
ކޮމެންޓްތައު
raaaaalif
Aug 22, 2025, 01:03 PM
އަސްލުވެސްދޯ އެމްޑިޕީން ލަނޑެއްދިނީތަ 😆 ނަތީއްޖާއެނގޭނީ އަންނައިންތިޚާބުން
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved