theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން
ހަބަރު
ޗެނަލް13 ގެ ލައިވް ހުއްޓާލަން އެންގުމަކީ ސަރުކާރުން މީޑިއާތަކުގެ ކޮންޓްރޯލް ނަގަން އުޅޭ ކަމުގެ ސިގްނަލެއް: އެމްޖޭއޭ
Aiminath Zawjah
އައިމިނަތް ޒަޢުޖާ
22 އޯގަސްޓު 2025
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާ ޗެނެލް 13 އިން ރޭ ދައްކަން ފަށަން އޮތް ވަގުތު އެ ޓީވީގެ ލައިވް ބްރޯޑްކާސްޓު ކަނޑައިލަން، ބްރޯޑްކާސްޓިން ކޮމިޝަނުން އެންގުމަކީ ސަރުކާރުގެ ނުފޫޒާއި ބާރު އޮންނަ ބަޔަކު މީޑިއާ ރެގިއުލޭޓު ކުރާއިރު ކަންވާނެ ގޮތުގެ މިސާލެއް ކަމަށް މޯލްޑިވްސް ޖޯނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ.

އެ ޖަމިއްޔާއިން މި މައްސަލައާި ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މީޑިއާ ރެގިއުލޭޓު ކުރާ ކޮމިޝަންތަކުން އަމިއްލައަށް އިސްނަގައިގެން މީޑިއާތަކުގެ މައްސަލަ ބެލުމަކީ ރަނގަޅު އުސޫލެއް ނޫން ކަމަށެވެ. އަދި އެގޮތަށް މައްސަލަ ބަލާނަމަ އިންސާފުގެ ހަމައިން ބޭރުވެ ނާޖާއިޒު ނުފޫޒަށް ޖާގަލިބޭ ކަމަށެވެ.

އެމްޖޭއޭގެ ނޫސް ބަޔާން

މި އަހަރުގެ ޖެނުއަރީގައި ބަލަން ފެށި މައްސަލައެއް، މި މަހު 11 ވަނަ ދުވަހު ނިންމައި ރޭގެ 8:00 އިން 9:00 އަށް ޗެނެލް 13 ގެ ލައިވް ބްރޯޑްކާސްޓިން ކަނޑައިލަން އެންގިއިރު، ޕީއެންއެފްގެ ޖަލްސާ ލައިވް ކުރާނޭކަން ޗެނެލް 13 އިން މިމަހުގެ 9، ގައި އާންމުކޮށް އިއުލާނު ކޮށްފައިވެއެވެ.

ނަމަވެސް ޕީއެންއެފްގެ ޖަލްސާ ރޭ ޗެނެލް 13 އިން ލައިވް ކުރަން ނިންމާފައިވާކަން އެނގިފައި ނުވާ ކަމަށް ބްރޯޑްކޮމްއިން ބުނެފައިވާ ކަމަށް އެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ. އަދި މިއީ އިއްތިފާގަކުން ދިމާވެފައިވާ ކަމެއް ކަމުގައިވެސް ބްރޯޑްކޮމް އިން ބުނެފައިވެއެވެ.

މީގެ އިތުރުން، މައްސަލައިގެ ޓައިމްލައިނަށް ބަލާއިރު ސިޔާސީ ޕާޓީއެއްގެ އެއްވުމެއް ވަގުތުން ދުރަށް ދެއްކުމަށް ތާވަލު ކޮށްފައި ވަނިކޮށް އެ ވަގުތާ ދިމާވާގޮތަށް އެ ޗެނެލްގެ ބްރޯޑްކާސްޓު ހުއްޓައިލަން ބްރޯޑްކޮމްއިން އެންގި އެންގުމަކީ ވަކި މަގުސަދެއް ހާސިލު ކުރުމަށް ނުފޫޒެއްގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށް ގަބޫލު ކުރެވޭ ކަމެއް ކަމަށް އެމްޖޭއޭގެ ނޫސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން މިހާރު މަޖިލީހަށް ވައްދާފައިވާ "ސަރުކާރުން މީޑިއާ ކޮންޓްރޯލް" ކުރުމުގެ ބިލު ފާސްވެއްޖެ ނަމަ މީޑިއާތަކާއި ނޫސްތައް ބަންދު ކުރުމާއި ނޫސްތަކުގެ ކޮންޓެންޓް ކޮންޓްރޯލް ކުރުމުގެ ނުރައްކާތެރި ސަގާފަތެއް ފެށިދާނެ ކަމަށާއި މި ބިލު އަނބުރާ ގެންދިޔުމަށް މި ޖަމިއްޔާއިން ގޮވާލާފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved